މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައްޔިތުން އުއްމީދުކުރާ ކަހަލަ ކަންތައްތަކެއް އިވިގެން ނުދާނެކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަނީ އަންނަ މަހު ހައެއްގައި މިއަހަރަށް މަޖިލިސް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ ގައެވެ.
މީގެ ކުރިން ރިޔާސި ބަޔާން އިއްވުންތަކުގައި މަޖިލިސްތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ބައެއް މެމްބަރުންނަށް އަނިޔާ ވެފައިވެއެވެ.
މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މީގެ ކުރިންވެސް ރައީސް ޔާމިން އިއްވި ރިޔާސީ ބަޔާންތަކުގައި ރައްޔިތުން އުއްމީދުކުރި ވާހަކައެއް އަޑުއިވިފައި ނުވާއިރު މި އަހރަު މަޖިލީހުގައި އިއްވާ ރިޔާސީ ބަޔާނުގައިވެސް ރައްޔިތުންނަށް , ރައްޔިތުން އުއްމީދުކުރާ ކަހަލަ ވާހަކަތަކެއް އިވިގެން ނުދާނެ ކަމަށެވެ.
އިތުރަށް އިމްތިޔާޒް ވިދާާޅުވީ ރައީސް ޔާމީނަކީ ބަހާއި އަމަލާއި ދިމާނުވާ ބޭފުޅެއް ކަމަށާއި މީގެކުރިން އިއްވި ރިޔާސީ ބަޔާންތަކުގައި ދައްކަވާފައިވާ ވާހަކަތަކާއި އަމަލާއި ވެސް ދިމާވެފައި ނުވާ ކަމަށެވެ. އަދި ރިޔާސީ ބަޔާން އިއްވާ ޖަލްސާ ގައި އެމްޑީޕީން އަމަލުކުރާނެ ގޮތަކާއި ބައިވެރިވުމާއި މެދު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
މަޖިލީހުން ފާއިތުވި އަހަރު ފާސްކޮށްފައިވާ އެ ބިލުތަކާއި އިސްލާހުތަކުން ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށާއި އޭގެ ބަދަލުގައި އެއީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ފާސްކުރި ބިލްތަކަކާއި އިސްލާހުތަކެއް ކަމަށް އެމްޑީޕީން ބުނެއެވެ.
ރިޔާސީ ބަޔާން ރައްޔިތުން އުއްމީދުކުރާ ކަަހަލަ ބަޔާނަކަށް ނުވާނެ : އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ