ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު އަހުމަދު މަހުލޫފްއަކީ ރައްޔިތުންގެ މެމްބަރެއް ކަމަށް ގުޅިފައިވާ ޕާޓިތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ހެދި ގަލޮޅު ދެކުނު ޖަގަހަ "ގަލުއޮޅި" ޖަގަހަ ހުޅުވުމަށް ހޮނިހިރު ދުވަހުގެރޭ ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިބޫ ވިދާޅުވީ ގަލޮޅު ދެކުނުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހައެއް ހުޅުވާއިރު އެންމެ ހިތްޕުޅުހަމަޖެހިވަދައިގަންނަވާ އެއްކަމަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިފައިވުން ކަމަށާއި، މަހުލޫފްއަކީ ތެދުވެރި އިހުލާސްތެރި އަދި ގައުމުދެކެ ލޯބިވާ ބޭފުޅެއް ކަމަށެވެ.
އިބްރާހީމް މުހައްމަދު ސޯލިހު ގަލޮޅު ދެކެނު ޖަގަހަ ހުޅުއްވައި ދެއްވިއިރު ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމުވެސް ވަނީ މައްޗަން ގޮޅީގައި މައްޗަންގޮޅި ބޯގަންވިލާ ޖަގަހަ ހުޅުއްވައިދެއްވާފައެވެ.
މައްޗަން ގޮޅި ބޯގަންވިލާ ޖަގަހަ ހުޅުއްވައި ދެއްވުމަށްފަހު ފައިސަލް ނަސީމް ވިދާޅުވީ، ގައުމުގެ އަމަން ނަގާލަން ބަޔަކު ރާވަމުންދާ ކަމަށް ބުނެ ފުލުހުންނާއި ސިފައިން ކުއްލިހާލަތުގައި ތިބި ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވާއިރު، އެއީ ސަރުކާރުން "ގޭމު" ޖައްސަން ދައްކާ ވަހަކަތަކެއް ކަމަށެވެ.
ފުލުހުންނާ ސިފައިން ވަރަށް ހަރުދާނާ ބަޔަކަށް ވާންޖެހޭ ކަމަށާއި، ގާނޫނުއަސާސީއާއި ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންނާ ސިފައިންގެ އިތުރުން މިނިވަން މުއައްސަސާތަކަށް ފައިސަލް ނަސީމް ވަނީ ގޮވާލައްވާފައެވެ.
އަހުމަދު މަހުލޫފަކީ ރައްޔިތުންގެ މެމްބަރެއް: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ