ރާބިތަތުލް އާލަމުލް އިސްލާމީގެ ބައްދަލުވުމުގައި ބައިވެރިވުމަށް މައުމޫން މައްކާއަށް

ރާބިތަތުލް އާލަމުލް އިސްލާމީގެ ތައުސީސް މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫނު އަބުދުލްގައްޔޫމު މައްކާ އަށް މިއަދު ފުރާވަޑައިގަންނަވައިފި އެވެ.
ފޯމާ ޕްރެޒިޑެންޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ މިބައްދަލުވުމުގައި ބައިވެރިވެވުމަށް އެއޮފީހުގެ ސެކްރެޓަރީ އާދަމް ނައީމާއި ރާބިތާ މާލޭ އޮފީހުގެ މުދީރު އަބޫބަކުރު އަލީ ވެސް މައްކާއަށް ވަޑައިގެންފައިވާ ކަމަށެވެ.
ބަޔާނުގައި ވަނީ ރައީސް މައުމޫނަކީ އިސްލާމީ ދުނިޔޭގެ އިލްމީ ގޮތުން މަޝްހޫރު 60 ބޭފުޅެއްގެ މައްޗަށް އެކުލެވިފައިވާ މަޖިލިހަށް ވަރަށް ކުރިންސުރެ ވެސް އައްޔަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
މައުމޫނު މައްކާއަށް ފުރާވަޑައިގެންފައިވަނީ، ކާފަ ދަރިކަލަކު ލިބިވަޑައިގެންނެވުމާއި ގުޅިގެން ސިންގަޕޫރުގައި އުޅުއްވުމަށްފަހު ސިންގަޕޫރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ