ސްޓެލްކޯ އިން ކަރަންޓް އުފައްދާ މިންވަރު މިހާރު ހުރީ އެންމެ މަތީގައި: ސްޓެލްކޯ
މިދުވަސްވަރު މާލޭގައި ސްޓެލްކޯ އިން ކަރަންޓް އުފައްދާ މިންވަރު ހުރީ އެންމެ މައްޗަށް އަރާފައި ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަބްދުއްޝުކޫރު މިއަދު ވިދާޅުވީ ސްޓެލްކޯގެ ކަރަންޓް އުފެއްދުމުގެ މިންވަރު އެންމެ މައްޗަށް އަރާފައިވަނީ މިދުވަސް ވަރު ކަރަންޓް ބޭނުންކުރަމުން ގެންދާ މިންވަރު މަތިވެގެން ކަމަށެވެ. އެގޮތުން ކޮންމެ ތިން ހަތަރު ދުވަހަކުން 1000 ކިލޯ ވޯޓު މައްޗަށް އަރާ ކަމަަށާއި ހޫނުމޫސުމް ކަމުގައިވާ އެޕްރީލް މޭގައި އެކުންފުނިން ކަރަންޓް ފޯރުކޮށްދޭ މިންވަރު ވީހާވެސް މަދުކުރެވޭތޯބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މި ދުވަސްކޮޅު ކަރަންޓް ބޭނުންކުރާ މިންވަރު ހުރީ ވަރަށް މައްޗަށް އަރާފައި،" އަބްދުއްޝުކޫރު ވިދާޅުވި އެވެ. ހޫނު މޫސުމުގެ ދުވަސްކޮޅު ވީހާވެސް މަދުކުރުމަށް ކަރަންޓް ބޭނުންކުރުމަށް ސްޓްލެކޯ އިންކުރިން ވެސް ވަނީ އިލްތިމާސްކުރެ އެވެ. އެ މުއްދަތުގައި ކަރަންޓް ބޭނުންކުރާ ވަރު އިތުރުވުމުގެ ސަބަބުން، ކަރަންޓް އުފައްދާ ފޯރުކޮށްދިނުމަށް އަހަރުގެ އެހެން މަސްތަކުގައި ކަރަންޓް އުފައްދާ މިންވަރާއި އަޅާބަލާއިރު 8.5 ޕަސެންޓު އިތުރަށް ކަރަންޓް އުފައްދަންޖެހޭ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ