ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ހައްޔަރު ކުރީއްސުރެ އަދިވެސް ހުންނެވީ އޮފީސް ބޫޓުކޮޅުގައި ކަމަށް ފާރިސްގެ ދައްތަ ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާރިސް އަދިވެސް ހުންނެވީ ހައްޔަރު ކުރެއްވިއިރު ތުރުކުރައްވައިގެން ހުންނެވި ބޫޓުކޮޅުގައި ކަމަށެވެ. އަދި ފާރިސް މަައުމޫނަށް ފެންފައިވާނެއް ފޮނުއްވުމަށް އާއިލާއިން މަސައްކަތްކުރާތާ ތިން ދުވަސް ވެއްޖެ ކަމަށާއި އެކަމުގައި ފުލުހުންގެ އެހީތެރިކަމެއް ނުލިބުނު ކަމަށެވެ. އެހެންކަމުން ފައިވާނަކީވެސް ނުރައްކާތެރި އެއްޗެއްތޯ ޔުމުނާ ވަނީ ސުވާލު ކުރައްވާފަ އެވެ.
ފާރިސް މައުމޫނު އަދިވެސް ހުންނެވީ އޮފީސް ބޫޓުގައި: ޔުމުނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ