ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖީއެމްއާރަށް 170 މިލިއަން ޑޮލަރު ދެއްކުމަށް ސަރުކާރަށް އަމުރުކޮށްފި

ޖީއެމްއާރާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 170 މިލިއަން ޑޮލަރު ދެއްކުމަށް ދިވެހި ސަރުކާރުގެ މައްޗަށް އިންޓަނޭޝަނަލް އާބިޓްރަލް ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
ޖީއެމްއާރް އެއްބަސްވުމަކީ، އުފެދުނުއިރު ވެސް ބާތިލު އެއްބަސްވުމެއް ކަމަށް މީގެކުރިން ސަރުކާރުން ބުނެފައިވީ ނަމަވެސް ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރަލް ޓްރައިބިއުނަލުން ވަނީ ދިވެހި ސަރުކާރުން ޖީއެމްއާރް އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފަ އެވެ.
ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ޒިންމާ ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ނަގަން ޖެހޭނެ ކަމަށްވެސް ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރަލް ޓްރައިބިއުނަލުން ކަނޑައަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ