ޕީޕީއެމްގެ ހިންގުމުގެ ފުރުސަތު އަސާސީ ގަވާއިދާއި އެއްގޮތަށް އެމަނިކްފާނަށް ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަަބްދުލްގައްޔޫމް ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މިކަމަށް އެދިވަޑައިގަތީ ރައީސް ޔާމީނަށް ފޮނުއްވާފަައިވާ ސިޓީފުޅެއްގައެވެ.
ރަައީސް މައުމޫންގެ ސިޓީގައި ސިވިލްކޯޓުން އިއްވާފައިވާ ހުކުމް މިހާރު ހައިކޯޓްގައި އިސްތިއުނާފަށް ހުށައަޅާފައިވާކަމަށާ އެހެންކަމުން ކޯޓްގެ ހުކުމާއި ގުޅިގެން ޕާޓީ ހިންގަމުންއައި އައުމަށް ނިމުމެއް ގެނައުމަށް ރައީސް ޔާމީންގެ ކިބައިން އެދޭކަމަށެވެ.
އަދި މިހާތަނަށްވެސް ޕީޕީއެމް ހިންގަވަމުން ގެންދެވީ އެމަނިކްފާނުކަަމަށާ އެއީ ޕާޓީގެ އަސާސީ ގަވާއިދުވެސް ބުނާގޮތްކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައި،،
މީގެ އިތުރަށް ޕީޕީއެމްގެ އަސާސީގެ ގަވާއިދު ބުނާގޮތުން ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އެއްވެސްދައުރެއް އޮތް ބޭފުޅެއް ނޫންކަންވެސް ރައީސް މައުމޫންގެ ސިޓީގައި ވަނީ ހަނދާންކޮށްދެއްވާފަައެވެ.
ރައީސް މަައުމޫން ވިދާޅުވީ އެމަނިކްފާނުގެ މި އެދިވަޑައިގަތުމަކީ ޕާޓީގެ ކައުންސިލް ބައްދަލްވުމުގައި ނިންމާފަައިވާ ނިންމުމެއްކަމަށާ އެހެންކަމުން ޕާޓީ ހިންގުމުގެ ކަންކަން އެމަނިކްފާނުގެ އަތްމައްޗަށް ދޫކޮށްލެއްވުމަަށް ރައީސް ޔާމީންގެ އަރިހުގައި އެދިވަޑައިގަަންނަވާކަމަށެވެ.
ޕީޕީއެމްގެ ހިންގުމުގެ ފުރުސަތު އަސާސީ ގަވާއިދާއި އެއްގޮތަށް އެމަނިކްފާނަށް ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަަބްދުލްގައްޔޫމް އެދިވަޑައިގެންފައިވާއިރު، ސިވިލްކޯޓުން ވަނީ ޕީޕީއެމްގެ ހިންގުން ރައީސް އަބުދުﷲ ޔާމީނާއި ހަވާލްކުރައްވާފައެވެ. އަދި ކޯޓްގެ އެ ނިންމުމާއި ގުޅިގެން ރައީސް ޔާމީން ގެންދަަވަނީ ކައުންސިލް ބައްދަލްވުންތައް ބާއްވަވާ އެ ބައްދަލްވުންތަކުގެ ރިޔާސަތު ބަލަހައްޓަވަމުންނެވެ.
ނަމަވެސް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނާގޮތުން ޕާޓީގެ ކައުންސިލް ބައްދަލްވުންތަކަށް ދައުވަތު ދެއްވަން ޖެހެނީ ޕާޓީގެ ރައީސެވެ. އަދި ކައުންސިލް ބައްދަލްވުންތަކުގެ ރިޔާސަތު ބަލަހައްޓަވަންޖެހޭނީވެސް ޕާޓީގެ ރައީސްކަމަށް ބުނެފައެވެ.
ޕީޕީއެމްގެ ތެރޭގައި ހިޔާލްތަފާތުވުންތައް ބޮޑުވެ ޕާޓީ ދެ ފެކްޝަނެއްގެ ގޮތުގައި ހިންގަމުންދާއިރު، ރައީސް މަައުމޫންގެ ފެކްޝަނުން ވަނީ ރައީސް ޔާމީންގެ ފެކްޝަންގެ ނިންމުންތައް ޕާޓީގެ މައި އޮފީހުން ބަލައިނުގަތުމަށް ނިންމާފައެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ބުނީ އަސްލު ޕީޕީއެމްއަކީ އެ ފެކްޝަންގައި ތިބި މެންބަރުންކަމަށެވެ.
ޕާޓީގެ ހިންގުމުގެ ފުރުސަތު އަޅުގަނޑަށް ދެއްވާ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ