މެމްބަރުންގެ ސެކިއުރިޓީ ވަރުގަދަކުރީ މާލޭގެ ހަލާތު އޮތް ގޮތުން - އުމަރު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސެކިއުރިޓީ ވަރުގަދަކުރީ މި ދުވަސްވަރު މާލޭގެ ހާލަތަށް ވަޒަންކޮށްފައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޖަލުން ފިލި ކުށްވެރިންނާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސިކިއުރިޓީ ވަރުގަދަކޮށްފައި ވަނީ ސަރުކާރުން ނިންމައިގެން ކަމަށެވެ. މާލެ ތެރޭގައި ހިނގާ ކަންކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސިކިއުރިޓީ ކަންކަމަކީ އަބަދުވެސް ދިރާސާކުރާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މެންބަރުންގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވަނީ މާފުށީ ޖަލުން ނުރައްކާތެރި ދެ ކުށްވެރިޔަކު ފިލި ފަހުންނެވެ. މެންބަރުން ބޭރަށް ނުކުމެވަޑައިގެން އުޅުއްވުމުގައި ރައްކާތެރިވުމަށް އެމްއެންޑީއެފުން އެދިފައިވާއިރު، ސެކިއުރިޓީ ބޭނުންވާ މެމްބަރުންނަށް އެކަން ހަމަޖައްސައިދޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
އުމުރަށް ޖަލަށް ލާފައި ތިއްބައި ފިލި ދެ މީހުންގެ ތެރެއިން ފަރިޔާޝް ވަނީ ސިފަ ބަދަލުކޮށްގެން އުޅެނިކޮށް އިއްޔެ މެންދުރު ހައްޔަރުކޮށްފަ އެވެ. އެކަމަކު، ޖަލުން ފިލައިގެން އުޅޭ ދެވަނަ މީހާ ކަމުގައިވާ ޝަހުމް އަދި ފެނިފައެއް ނުވެއެވެ. ޝަހުމް ހޯދުމަށް ފުލުހުންނާ އެކު ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރިވާނެކަމަށް ހޯމް މިނިސްޓްރީންނާއި ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ