ރޯދަމަހުގެ ހަވީރު 5:40 އިން 6:40އަށް ޓާމިނަލް ބަންދުވާނެ: އެމްޓީސީސީ

ރޯދަމަހު ހުޅުމާލެ ފެރީގައި ސައިކަލު ގެންދިއުމަށް ޓިކެޓް ވިއްކުން ކޮންމެ ދުވަހެއްގެ ވެސް ހަވީރު 5:00 އިން ފެށިގެން އިރުއޮއްސި 6:40 އަށް މެދުކަނޑާލާނެ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
އެމްޓީސީސީއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 5:00 އިން 5:45 އަށް ފެރީގައި ގެންދެވޭނީ ސެޑިއުލް ފެރީތަކުގައި ސައިކަލް އުފުލޭ ނިސްބަތުން 5:00 އާއި ހަމައަށް ޓިކެޓް ވިއްކާފައިވާ ފަރާތްތަކަށް ކަމަށެވެ.
މީގެއިތުރުން އެމްޓީސީސީއިން ބުނީ، މިރޯދަމަހުގެ ކޮންމެ ދުވަހެއްގެވެސް ހަވީރު 5:40 އިން ފެށިގެން އިރުއޮއްސި 6:40 އަށް ޓާމިނަލް ބަންދުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ