އެމްއެންއޭސީއައި އިން އިމާރާތް ކުރުމުގެ ދާއިރާގެ ރިޕޯޓެއް

އިމާރާތް ކުރުމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި މައްސަތަކުގެ ހައްލު ބަޔާންކޮށް، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ރިޕޯޓެއް އެކުލަވާލައި، ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ، އެމްއެންއޭސީއައި އިން ބުނި ގޮތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންއާ ގުޅިގެން ތައްޔާރު ކުކޮށްފައިވާ މި ރިޕޯޓް، މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ރިޕޯޓް ޕްލޭނިން މިނިސްޓަރު އަސްލަމް އަށް ހަވާލު ކޮށްދެއްވީ އެމްއެންއޭސީއައި އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު އެވެ.
އެމްއެންއޭސީއައި އިން ބުނި ގޮތުގައި މި ރިޕޯޓުގައި ހައްލު ކުރުމަށް ފާހަގަކޮށްފައިވާ ކަންކަމަށް ހައްލު ކުރަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅު ތަކެއް އަޅާނެ ކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވާފައިވާ ކަމަށެވެ.
އެމްއެންއޭސީއައިގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ބިދޭސީ ކޮންޓްރެކްޓަރުންނާއި ދިވެހިން ކޮންޓްރެކްޓަރުން ހުށަހަޅާ ބިޑްތައް ހަމަހަމަ އުސޫލަކުން އިވެލުއޭޓް ކުރުމާއި ނޭޝަނަލް ކޮންޓްރެކްޓާސް ރެޖިސްޓްރޭޝަނެއް އެކުލަވާލުމާއި އިމާރާތް ކުރުމުގެ ދާއިރާގެ އިންޝުއަރެންސް ކުރުމުން ފަދަ ގިނަ މައްސަލަތަކުގެ ހައްލު ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ