ކަނޑުހުޅުދޫ ބަނދަރު ހަދާ ގޮތް ކަމުނުގޮސްގެން ރައްޔިތުން ނުކުމެ ހުއްޓުވައިފި

ގއ.ކަނޑުހުޅުދޫ ބަނދަރު ހަދާ ގޮތާ މެދު ހިތްހަމަ ނުޖެހޭތީ ރައްޔިތުން ނުކުމެ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓުވައިފިއެވެ.
ކަނޑުހުޅުދޫ ކައުންސިލުން ވަނީ ރައްޔިތުން ނުކުމެ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓުވިކަން ޔަގީންކޮށްދީފައެވެ.
ކަނޑުހުޅުދޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ބަނދަރުގެ މަސައްކަތް ކުރުމަށް އެމްޓީސީސީން ބޭނުން ކުރާ އެކްސްކަވޭޓަރުން މަސައްކަތް ކުރަމުން ދަނިކޮށް ރައްޔިތުން ނުކުމެ މަސައްކަތް ހުއްޓުވީ މިހާރު ބަނދަރު ހަދަމުންދާ ގޮތަށް ބަނދަރު ހަދައި ނިމުނު ނަމަވެސް އެކަމުގެ ބޭނުމެއް ނެތް ކަމަށް ބުނެއެވެ.
އެމީހާ ބުނި ގޮތުގައި ބޭރުތޮށީގައި ހިލަ ޖަހަމުންދާއިރު އެތެރެ ތޮށި ހުރީ ހަލާކުވެފައެވެ. އަދި ބޭރު ތޮށީގައި ކުރިން އަޅާފައިވާ ބެޑުގެ ސަބަބުން އެތަން ވަރަށް ބޮޑަށް ވަނީ ތިލަވެފައެވެ.
"މިހާރު އޮތް ގޮތުން ވަރަށް އުނދަގޫ ވަދެ ނުކުމެ ހަދަން. މިދޭތެރެއަކުން ވެސް ދޯންޏެއް ވަނީ އަރާފައި. ބަނދަރުގެ އެތެރެ ތޮށި އޮތީ ހަލާކުވެފައި. ދާއިރާ މެންބަރު ވިދާޅުވަނީ ލިބޭނެއޭ. ލިބޭ ދުވަހެއް ނާދޭ. އެމްޓީސީސީން މީހުން ވެސް އުލެނީ އެމީހުންނަށް ހެދުނު ގޮތަކަށް ހަދާފަ އަވަހަށް ދާން،" ކަނޑުހުޅުދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އަމާ ބުނީތާ ފަރަށްދާހެން ބަނދަރު ހެދީމަ ކަމަކު ނުދާނެ ދެއްތޯ،. އެމްޓީސީސީން ބުނަނީ ހަދަނީ މިނިސްޓްރީން އެމީހުންނަށް އެނގި ގޮތަށޭ،" އެމިހާ ބުންޏެވެ.
ކަނޑުހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. އެމަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ