ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަށް ތައްޔާރުވުމަށް ޕީޕީއެމް ކައުންސިލާ އެކު މަޝްވަރާ ބައްދަލުވުމެއް ބާވައިފިއެވެ.
ޕީޕީއެމްގެ ނައީބް ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް އަބްދުﷲ މިބައްދަލުވުން ނިންމާލުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ, އެ ޕާޓީގެ ކަންކަން އިތުރަށް ކުރިޔަށް ދިއުމުގައި ވިސްނަންޖެހޭ ކަންކަމާ މިބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އަބްދުއްރަހީމް ވިދާޅުވި ގޮތުގައި 2018 އަށް ތައްޔާރުވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި ގެންނަން ޖެހޭ ބަދަލުތަކާއި މެދު މަޝްވަރާކުރެއްވި ކަމަށާއި ކައުންސިލް މެމްބަރުން ހިމެނޭ ގޮތަށް ކުޑަ ޓީމެއް ނަގައިގެން އިތުރަށް އެކަން ދިރާސާ ކުރުމަށް ނިންމަވައިފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިންތިހާބުގައި މިހެން ދިމާވި ސަބަބަކީ އެބޭފުޅުންގެ ތެރޭގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށާއި ކާޑުގެ އަގަށް އައި ބަަދަލާއި ކަރަންޓުގެ އަގަށް އައި ބަދަލަކީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ކަމަށެވެ. އަދި އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިއިންތިހާބަކީ ބޮޑަށް އާއިލީ އިންތިހާބެއް ކަމަށެވެ.
ރައީސް ޔާމީން އިންތިހާބްގައި ކުރިމަތިލެއްވީ ހަތަރު ލީޑަރުންނާއެކު އެކަނިމާ އެކަނި ކަމަށާއި އެހެންކަމުން ޕީޕީއެމް އަށް މިހާާރު ލިބިފައިހުރި ގޮނޑިތައް ލިބުމަކީވެސް ޕީޕީއެމް އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
2018 އަށް ތައްޔާރު ވާން ޕީޕީއެމް ކައުންސިލް މެމްބަރުންނާއި އެކު ރައީސް ޔާމީން މަޝްވަރާ ބައްދަލު ވުމެއް ބާވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ