ޑޮމީނިކަންގެ ޕުންޓަ ކާނާއިން ނައްޓާލައިގެން ހަތަރު ގަޑިއިރުގެ ތެރޭގައި ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ޖެހިފައިވާ ޑެލްޓާ އެއާލައިންސްގެ ފްލައިޓެއް މޫސުން ގޯސްވުމާ ގުޅިގެން މަންޒިލަށް ނުދެވި 30 ގަޑިއިރަށް ދަތުރު ދެމިގެން ގޮސްފިއެވެ.
ފްލައިޓުގެ ފަސިންޖަރުން ބުނި ގޮތުގައި މޫސުން ގޯސްވިލެއް ބޮޑު ކަމުން ޑެލްޓާގެ ފްލައިޓު ދެފަހަރަކަށް މަގުވެސް ގެއްލިފައިވާ ކަމަށެވެ.
އެއް ފަހަރަކު ޓާބިއުލެންސް ބޮޑުކަމުން ފްލައިޓު ބިންދައިގެން ގޮސްދާނެ ކަމަށްވެސް ހީވި ކަމަށް ގިނަ ފަސިންޖަރުންތަކެއް ވަނީ ބުނެފައެވެ.
"އަހަރެން ދުވަހަކުވެސް ނުދެކެން އެއާ ބޭގް ބޭނުން ކުރާ ތަނެއް. ނަމަވެސް މިފަހަރު ގިނަ ބަޔަކު އެ ބޭނުން ކުރި،" ފްލައިޓުގެ ފަސިންޖަރެއް ކަމަށްވާ ލޯރެން ކަރާސެކް "އިންޑިޕެންޑެންޓް" އަށް ދިން އިންޓަވިއު އެއްގައި ބުންޏެވެ.
ޑެލްޓާ އިން ވަނީ އެ މައްސަލައަށް ނިހާޔަތަށް މައާފަށް އެދިފައެވެ.
ޑެލްޓާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖޭއެފްކޭ އެއާޕޯޓަށް ދިޔުމަށްޓަކައި ކުރި ދަތުރުގައި މޫސުން ގަދަވެގެން ފުރަތަމަ ރޭ ވަނީ މެންޗެސްޓާ އަށް މަޑުކޮށްފައި ކަމަށެވެ. އެއަށް ޖެހިގެން އައި ދުވަހު ދަތުރު އަލުން ފަށާފައިވާ ކަމަށް އެ އެއާލައިނުން ބުނެއެވެ. ނަމަވެސް މޫސުން އިތުރަށް ގޯސް ވުމާ ގުޅިގެން ބޯސްޓަން އަށް އެއް ފަހަރު މަޑު ކުރި ކަމަށްވެސް ޑެލްޓާ އިން ވަނީ ބުނެފައެވެ.
އެ ފްލައިޓުގައި 160 ފަސިންޖަރުން ތިއްބެވެ. އަދި މަޑުކޮށްފައިވަނިކޮށް އެއިން ފޭބެނީ ފަހަރަކު 20 ފަސިންޖަރުންނަށް ކަމަށް އިންޑިޕެންޑެންޓްގައި ވަނީ ބުނެފައެވެ.
ޑެލްޓާއިން ވަނީ ފްލައިޓުގެ ފަސިންޖަރުންނަށް ލިބުނު ގެއްލުން ކަވަރު ކޮށްދިނުމުގެ ގޮތުން ފައިސާގެ ވައުރޗަރެއް ދިނުމަށް ނިންމާފައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
މޫސުން ގޯސްވެ ހަތަރު ގަޑިއިރުގެ ފްލައިޓު ދަތުރެއް 30 ގަޑިއިރަށް ދެމިގެން ގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ