ދިވެހި ތާރީހު ނުދެކޭ ފަދަ އަނިޔާވެރި ވެރިކަމެއް ކުރީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ވިދާޅުވެއްޖެއެވެ.
މެންބަރު އަބްދުﷲ ކުރި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީ އާއި ހިލާފަށް މީހުން ހައްޔަރުކޮށް އަދި ރަހީނުކޮށް، ދިވެހި ތާރީހު ނުދެކޭ ފަދަ އަނިޔާވެރި ވެރިކަމެއް ކުރީ، ރައީސް ނަޝީދު ކަމަށެވެ.
މެންބަރު އަބްދުﷲ މިފަދަ ޓްވީޓެއް ކުރައްވާފައިމިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، މިހާރުގެ ރައީސް އަބުދުﷲ ޔާމީން ހައްޔަރުކުރުމަށްފަހު ނުވަ ދުވަސް ވަންދެން އާރަށުގައި ބެހެއްޓި މައްސަލަ އާއި ގުޅިގެން، އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި އަމީން ފައިސަލް ފުލުހުންގެ އިދާރާއަށް އިއްޔެ ހާޒިރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެ މައްސަލާގައި ރޭ ފުލުހަށް ހާޒިރުކޮށް އަމީން ފައިސަލް އާ ސުވާލުކޮށްފައި ވާއިރު، ފުލުހުންގެ އިދާރާއިން ނުކުންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ، އެ މައްސަލައާ ބެހޭ މާގިނަ ކަންކަމެއް މިހާރު ހަނދާނުގައި ނެތްކަމަށް ބުނެފައިވާނޭކަމަށް ވިދާޅުވެފައެވެ.
އަމީން އިތުރަށް ވިދާޅުވީ، ފުލުހުން އޭނާއާ ސުވާލުކުރީ ޓެރަރިޒަމްގެ ތުހުމަތުގައި ކަމަށާއި، އޭނާ ރާއްޖެއިން ފުރުން މަނާކޮށްފައިވާ ކަމަށެވެ.
މ. މުލަކު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އާރަށުގައި ބަހައްޓާފައި ވަނީ 2010 ވަނަ އަހަރުއެވެ. އެޔަށްފަހު، ދޫކޮށްލީ ސުޕްރީމް ކޯޓުން އަމުރުކުރުމުންނެވެ.
ދިވެހި ތާރީހު ނުދެކޭ ފަދަ އަނިޔާވެރި ވެރިކަމެއް ކުރީ ނަޝީދު - އެމްޕީ އަބްދުﷲ އަހްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ