މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚު އާސިމްގެ ދަރުސްތަކެއް ރާއްޖޭގައި ބާއްވަނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އާސިމް އަލް ހަކީމް، 8 ދުވަހުގެ ދަތުރެއްގައި ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ޝައިޚް އާސިމް އަލް ހަކީމް ރާއްޖެ ވަޑައިގަންނަވަނީ "ދަ ޓްރެވަލާ" ގްރޫޕުގެ އިސްނެގުމަކަށެވެ. ޝައިޚް އާސިމް އަލް ހަކީމް ރާއްޖެވަޑައިގެން 5 ސިޓީގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލެ، ހދ.ކުޅުދުއްފުށީ ގދ. ތިނަދޫ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސީޓީގައި ދަރުސްދެއްވާނެއެވެ.
ޝައިޚް އާސިމް މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ދަރުސްތައް ފައްޓަވާނީ 28 ވަނަ ދުވަހުގެ ރޭ 8:30ގައި ކުޅުދުއްފުށި ސިޓީންނެވެ. އޭގެ ފަހުން 29 ވަނަ ދުވަހުގެ ރޭ ދަރުސް ދެއްވާނީ މާލޭގައެވެ. އަދި 30 ވަނަ ދުވަހުގެ ރޭ ދަރުސް އޮންނާނީ އައްޑޫގައެވެ.
އަންނަ މަހު އެއް ވަނަ ދުވަހު ފުވައްމުލަކަށް ވަޑައިގެން ދަރުސް ދެއްވުމަށް ފަހު ދެވަނަ ދުވަހުގެ ރޭ ތިނަދޫގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަރުސްތަކުގައި އާންމުންނަށް ސުވާލުކުުރުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.
ޝައިޚް އާސިމަކީ ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯއްދަވާފައިވާ އިލްމުވެރިއެކެވެ. އޭނާ އަކީ ޓީވީ ޗެނަލްތަކާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އިނގިރޭސި ބަހުން ދީނީ އިލްމު ފަތުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ