މާލެ-ހުޅުމާލެ ކަރަންޓް ވިއުގަ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަނީ

މާލެ-ހުޅުމާލެ ކަރަންޓް ވިއުގަ އަކުން ގުޅާލުމަށްޓަކައި، ކަރަންޓް ވިއުގަ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީ އިން އިއުލާނުކޮށްފިއެވެ.
ކަރަންޓް ވިއުގަ ޑިޒައިން ކުރުމުގެ އިތުރުން ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރުމަށް ކޮންސަލްޓަންސީގެ ޚިދުމަތްދޭނެ ފަރާތެއް ހޯއްދެވުމަށް ވެސް އެންވަޔަރަމެންޓް މިނިސްޓްރީ އިން ވަނީ އިއުލާނު ކޮށްފައެވެ.
ހުޅުލެއާއި މާލެއާ ދެމެދު އަޅާ ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު، މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ކޭބަލްއަކުން ގުޅާލެއްވުމުން ކަރަންޓުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީންމީގެ ކުރިން ވަނީ ވިދާޅުފައެވެ.
މާލެ ސަރަހައްދުގެ ކަރަންޓްގެ ޚިދުމަތް ރަނގަޅުކުރުމަށް ސްޓެލްކޯ އިން ވެސް މިހާރު ވަނީ މަޝްރޫޢެއް އިއުލާނުކޮށްފައެވެ.  އެގޮތުން 50 މެގަވޮޓްގެ ޕަވާ ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ސްޓެލްކޯ އިން ކުރަމުންދާއިރު، މާލޭގައި ބޭނުންކުރާ ކަރަންޓްގެ މިންވަރު އިތުރުވާތީ، ކެޕޭސިޓީ އިތުރުކުރުމަށް އަށް މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސް، އަންނަ އަހަރު ކަރަންޓް ދިނުމަށްވެސް ސްޓެލްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ