ރަށްތައް އިއުލާނުކުރުމެއް ނެތި ދޫކުރުމަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފު ކަމެއް: ރައީސް މައުމޫން

ރަށްތައް އިއުލާނުކުރުމެއް ނެތި ދޫކުރުމަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށާއި އެހެންކަމުން އެފަދަ އިސްލާހަކަށް ވޯޓު ނުދިނުމަށް އެންގުމަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށް ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިމޭރުމުން ވިދާޅުވެފައިވަނީ ރޭ މެންބަރުންނަށް ފޮނުއްވި މެސެޖެއްގައެވެ.
ގުދުރަތީ ވަސީލަތްތަކުގެ މުއްސަނދިކަން އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ލިބިދީގެން ރައްޔިތުން ތަނަވަސްކަމާއި ތިޔާގިކަމުގައި ދިރިއުޅެވޭނެ ގޮތްތަކެއް ހެދުމަކީ ޕީޕީއެމްގެ އެންމެ ބޮޑު އެއް މަގުސަދު ކަމަށް ވެސް އެ މެސެޖުގައި ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަޞީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަށްތައް ދޫކުރުމުގެ ކަންކަން ބިޑަށް ހުޅުވާލެވިގެން ދެފުށް ފެންނަ ގޮތަށް ކުރިއަށް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އިންވެސްޓަރުންގެ އިތުބާރުވެސް އިތުރުވާނީ އެއިރުން ކަމަށެވެ.
މިކަމުގައި ރައީސް މައުމޫނު ނިންމެވިގޮތަށް ތާއީދު ކުރައްވާކަންވެސް އުމަރު ނަޞީރު ވަނީ ހާމަކުރައްވައިފައެވެ. ް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ