ޖަލްސާއިން ހާމަވަނީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ހުރިހާ ކަމެއް ކުރާކަން: ރައީސް މައުމޫން ފެކްޝަން

ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ނަމަގައި ބޭއްވި ޖަލްސާ އިން ހާމަވެގެން ދިޔައީ އެ ބޭފުޅުންންގެ އަސްލަކީ ބާރާއި ނުފޫޒް ބޭނުން ކޮށްގެން ކަންކަން ކުރުން ކަމަށް ރައީސް މައުމޫންގެ ފެކްޝަނުން ބުނެފިއެވެ.
ރައީސް މައުމޫންގެ ފެކްޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ ނަމުގައި ބޭއްވި ޖަލްސާ އަށް ޕީ.ޕީ.އެމް ގެ ރައީސް އަށް ދަޢުވަތު ދެއްވާފައިނުވާއިރު އަދި ދަޢުވަތު ނުދޭނެ ކަމަށް މީޑިއާތަކުގެ ހާޒިރުގައި އެފަރާތުން ބުނެފައިވާއިރު، ޕީޕީ.އެމް.ގެ ލޮބުވެތި މެންބަރުންނާއި ދިވެހި ރައްޔިތުންނަށް ހަޤީގަތް އޮޅުވާލެއްވުމަށް، ޕާޓީގެ ރައީސް ޖަލްސާއަށް ހާޒިރުވެވަޑައިނުގަތުމުން ފަޅުކަން ލިބިފައިވާ ކަމަށް ޕާޓީގެ މުސްތަޝާރު ވިދާޅުވެފައިވާތީ އެކަމާ ހިތާމަ ކުރަމެވެ.
ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އާންމު މެންބަރުންނާއި ރައްޔިތުން ބައިވެރިވާންވާނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށްވާއިރު، ވަޒީފާގެ ބިރުދައްކާ މަޖުބޫރުކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުން ޖަލްސާ އަށް ގެންގޮސްފައިވެއިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިކަން ކަން ހާމަވެގެން ދިޔައީ ރާއްޖޭގެ މީޑިއާ ތަކުންނާއި އަދި ޖަލްސާ އަށް ޙާޒިރުވި ގިނަ މެންބަރުން ޕާޓީގެ ރައީސް އަށާއި ކައުންސިލް މެންބަރުންނަށް ގުޅުއްވައި ދެއްކެވި ވާހަކަތަކުންނާއި ފޮނުއްވި މެސެޖް ތަކުން ކަމަށް ވެސް ރައީސް މައުމޫން ފެކްޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ބަޔާނުގައި ބުނެފައި ވަނީ ދައުލަތުގެ މުދަލާއި މުޅި ދައުލަތުގެ ވަސީލަތްތައް ސިޔާސީ ޙަރަކާތްތަކަށް ބޭނުން ކުރަމުންދާއިރު އެ މައްސަލަތައް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ ޕީ.ޕީ.އެމް އަކީ ވަކި ބައެއްގެ ހިޔަނީގައި އޮންނަން ޖެހޭ ޕާޓީއަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެ މުސްތަޝާރު އާއި އެކު މަސައްކަތް ކުރެއްވުމަށް އެނބުރި ވަޑައިގަތުމަށް ޕީޕީ.އެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަރިހުން އެދިވަޑައިގެންނެވުމުން އެނގެނީ ޕީ.ޕީ.އެމް ގެ ރައީސް ފައްޓަވާފައިވާ ޕީ.ޕީ.އެމް އިސްލާޙު ކުރުމަށް އެކުލަވައިލެއްވި އިސްލާޙީ އެޖެންޑާގެ ސައްޙަކަން ކަމަށެވެ.
ނަމަވެސް އެ އިސްލާޙީ އެޖެންޑާ އިޢުލާން ކުރެއްވި ހިސާބުން ޕާޓީގެ ބާރުތައް އަތުލުމަށް އެކި ގޮތްގޮތުން ޕާޓީގެ ރައީސް އަށް މަޖުބޫރުކޮށް ޕާޓީ އަތުލުމަށް މަސައްކަތް ކޮށް އަދި ޕާޓީގެ އަސާސީ ޤަވައިދާ ޚިލާފަށް މިހާރު ޕާޓީ ހިންގަމުން ދާކަމަށާއި މަޝްވަރާގެ ރިވެތި އުސޫލު އޮށްވާ އެގޮތަށް ކަންތަށް ނުކޮށް އަދި މަޝްވަރާކުރަން މަސައްކަތް ކުރުމެއްނެތި މަޝްވަރާކުރުމަށް މަސައްކަތް ތަކެށް ކުރިކަމަށް ބުނުމަކީ ޕާޓީގެ މެންބަރުން ނަށާއި ދިވެހި ރައްޔިތުންނަށް އޮޅުވާލުން ނޫންކަމުގައި ނުވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ