ރަލާއި އޫރުމަހުގެ ބިލް ކަންތަކުގައި ރައްޔިތުން މަޖިލީހަށް އެއްބާރުލުން ނުދޭ ވާހަކަ ޝަހީމް ދޮގުކޮށްފި

ރަލާއި އޫރުމަހުގެ ބިލް ކަންތަކުގައި ރައްޔިތުން މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް އެއްބާރުލުން ނުދެއްވާ ކަމަށް ދެކެވެމުންދާ ވާހަކަ އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް އަލީ ސައީދު ދޮގުކުރައްވައިފިއެވެ.މިކަމާ ގުޅިގެން މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވީ ރައްރިތުން މަޖިލީހުގެ ކޮމެޓީތަކަށް އެބޭފުޅާގެ އެއްބާރުލުން ދެއްވާނެ ކަމަށާއި ނަމަވެސް މިހާތަނަށް މަޖިލިސް ކޮމެޓީއަށް ހާޒިރުވާން މެސެޖު ލިބެނީ ވަގުތު ނުދެއްވައި ކަމަށެވެ.” މިސާލަކަށް މިއަދު އޮފީސް ނިމުމުގެ ކުޑައިރުކޮށެއްގެ ކުރިން ސިޓީއެއް އަތުވެދާނެ މާދަމާ 11:30 އަށް މަޖިލީހަށް ހާޒިރުވާށޭ. މިހެން އަންނައިރު އަޅުގަނޑުގެ މާދަމާގެ ސެޑިއުލް ފުލްކޮށް ރާވާފައި މުހިންމު ކަންތައްތަކުގައި. ނުވަތަ ދަތުރުތައް ހުންނާނީ ރޭވިފަ. މީ މިހާތަނަށް މިކަން ހިނގާފަ ހުރިގޮތް” ޝަހީމް ވިދާޅުވިއެެވެ.ޝަހީމް އިތުރަށް ވިދާޅުވީ އެބޭފުޅުން މަޖިލީހަށް ދާން އެއްބަސްވާ ދުސްތަކުގައި މަޖިލީހުގެ ކޮމެޓީގެ މީޓިން ކެންސަލް ކޮށްފައި ވާކަމަށެވެ.މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ލަފާ ނުލިބިގެން އުޅުއްވަނީ ބަނގުރަލާ އޫރުމަސް ހަރާންކަން ނޭނގިގެން ތޯ ނުވަތަ ލަފާދިނުމުން އެއަށް އަމަލު ކުރާނެ ކަމާމެދު ވެސް ޝަހީމް ވަނީ ސުވާލު އުފައްދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ