ދިރާގު ޕްރީ ސްކޫލް ފުޓްބޯލް ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި

ދިރާގާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގުޅިގެން ކޮންމެ އަހަރަކު ޕްރީ ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ޕްރީ ސްކޫލް ފުޓްބޯޅަ ފެސްޓިވަލްގެ ޗެމްޕިއަންކަން ދޮންދޫނި ލިޓްސް ލާނާސްއިން ހޯދައިފި އެވެ.
މިއީ މި ފެސްޓިވަލް ބޭއްވި ނުވަވަނަ ފަހަރެވެ. ދެ ދުވަހުގެ މުއްދަތަކަށް ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ މި ފެސްޓިވަލަށް މއަހަރު ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ހުކުރު ދުވަހަާއި ހޮނިހިރު ދުވަހު ކުރިއަށްދިޔަ މި ފެސްޓިވަލްގެ ފައިނަލް މެޗުގައި ވާދަކޮށްފައިވަނީ މަދަރުސަތުލް އަމީރު އަހުމަދާއި ދޮންދޫނި ލިޓްސް ލާނާސް އެވެ. މި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ދޮންދޫނި ލިޓްސް ލާނާސް އިންނެވެ.
ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާފައިވަނީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމެވެ. މި އަހަރުގެ ފެސްޓިވަލަށް ބޮޑު ކާމިޔާބީއެއް ލިބުނުއިރު، މިއަހަރުގެ ފެސްޓިވަލްގައި މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ 17 ސްކޫލަކުން ވާދަކުރިއެވެ. އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އިންތިޒާމުކުރާ މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ