އެސިސްޓެންޓް ރެޖިސްޓްރާ އައްޔަން ކުރީ އިޖްރާއާތާ ހިލާފަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިިންމައިފި
ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމަށް ފާރިޝް އަހްމަދު އައްޔަން ކުރުމުގައި އިޖްރާއާތުތަކާ ހިލާފަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ. ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމަށް ފާރިޝް އައްޔަން ކުރީ މިދިޔަ މާޗް މަހު އެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ އޭނާ އެ މަގާމަށް އައްޔަންކުރީ އިޖްރާއާތު ގޯސް ކަމަށް ނިންމާ، ސުޕްރީމް ކޯޓަށް ފޮނުވި އެވެ. ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ، ފާރިޝް އެ މަގާމަށް އައްޔަރުން ކުރީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ފޮނުމުން އެ ކޯޓުން މިއަދު ވަނީ ފާރިޝް މަގާމަށް އައްޔަން ކުރުމުގައި އެއްވެސް ކަހަލަ އިޖުރާއީ މައްސަލައެއް ނެތް ކަމަށް ނިންމާފައި ކަމަށެވެ. "ފާރިޝްގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އޭނާ މަގާމަށް އައްޔަން ކުރުމުގައި އެއްވެސް ކަހަލަ އިޝޫއެއް ނެތް ކަމަށް ނިންމާފައި. ޑީޖޭއޭ އަދި ހައިކޯޓަށް ވެސް ވަނީ ސުޕްރީމް ކޯޓުގެ ނިންމުން ފޮނުވާފައި،" އޮފިޝަލް ވިދާޅުވި އެވެ. ހައިކޯޓުގެ ގަވާއިދުގައި ވާގޮތުން ހައި ކޯޓުގެ ރެޖިސްޓްރާއަކީ ހައި ކޯޓުގެ އިސް ފަނޑިޔާރާއި ފަނޑިޔާރުން ފިޔަވައި، އެ ކޯޓުގެ ދެން އެންމެ އިސް މަގާމެކެވެ. ރަޖިސްޓްރާގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން، އިސްފަނޑިޔާރަށް ފެންނަ ބައެއް މަސްއޫލިއްޔަތު ނުވަތަ، އިސްފަނޑިޔާރުގެ ހުއްދައަކާއެކު ރަޖިސްޓްރާރ ކަނޑައަޅާ މަސްއޫލިއްޔަތުތަކެއް އެސިސްޓެންޓް ރެޖިސްޓަރާއާ ހަވާލުކުރެވިދާނެ ކަމަށް އެ ގަވައިދުގައި ބުނެއެވެ. ހައިކޯޓުގެ ރެޖިސްޓްރާ އަކީ، މަރިޔަމް ހޫރުޝީދާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ