މޫސުން ގޯސްވެ، ހުވަދު އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ހުވަދު އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) އިން މިއަދު ހެނދުނު 08:35 އިން މެންދުރު 13:00 ގެ ނިޔަލަށް ހުވަދު އަތޮޅަށް ވައިޓް އެލާޓު ނެރެފައިވާއިރު މެޓް އެފީހުން ބުނީ އެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.Alert White for heavy rain and thunderstorms. pic.twitter.com/N6MBdLti6F
— Maldives Meteorology (@MetMaldives) May 16, 2019
އޭގެ އިތުރުން ދެކުނުގެ އެކިހިސާބަަށް ވިއްސާރަ ކުރާނެ ކަމަށާއި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ހުރިހާ ހިސާބަކަށްވެސް ގުގުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.ވައިޖެހޭނީ އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައެވެ. ރާއްޖޭގެ ކަނޑުުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ