ބީއެމްއެލްއިން ނަގުދު ފައިސާ ނެގޭ އަދަދު ލިމިޓްކޮށްފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ކަސްޓަމަރުންނަށް ނަގުދު ފައިސާ ނެގޭ އަދަދު ލިމިޓްކޮށްފިއެވެ.
ބީއެމްއެލުން ކަސްޓަމަރުންނަށް ނަގުދު ފައިސާ ނެގޭ އަދަދު ލިމިޓްކޮށްފައި މިވަނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ދުވާލަކަށް އެންމެ ގިނައިން ނަގުދު ފައިސާ ނެގޭނެ އަދަދަކީ 2 ލައްކަ ރުފިޔާކަމަށް އެމްއެމްއޭއިން ކަނޑައެޅުމާއި ގުޅިގެނެވެ.
ބީއެމްއެލުން ވިދާޅުވީ އެމްއެމްއޭގެ އެންގުމާ އެއްގޮތަށް މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެ ބޭންކުން ކުރާ ހުރިހާ މުއާމަލާތެއް ހިމެނޭހެން، ކަސްޓަމަރަކަށް ނަގުދު ފައިސާގެ ގޮތުގައި ގިނަވެގެން ނެގޭނީ 2 ލައްކަ ރުފިޔާ ކަމަށެވެ.
މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ދުވާލަކަށް އެންމެ ގިނައިން ނަގުދު ފައިސާ ނެގޭނެ އަދަދަކީ 2 ލައްކަ ރުފިޔާކަމަށް ކަނޑައަޅާފައިވާއިރު ރާއްޖެއަށް ނަގުދު ފައިސާ އެތެރެކުރުމާއި ބޭރުކުރުމުގައި ކަސްޓަމްސަށް ރިޕޯޓްކުރަންޖެހޭ މިންވަރަށްވެސް އެމްއެމްއޭއިން ވަނީ ބަދަލު ގެނެސްފައެވެ. މިބަދަލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ