ހިތާދޫ ދާއިރާގެ އެމްޑީޕީ ކެމްޕެއިންގައި ބައިވެރި 2 މީހަކު، މުއިއްޒު އަންގައިގެން ފެނަކައިން ކަނޑާލައިފި! މި ދެމީހުން ވަޒީފާއިން ވަކި ކުރީ އިންތިހާބު ނިމުމުން ބަދަލު ހިފުމުގެ ގޮތުން!

ހިތާދޫ ދާއިރާއަށް އެމްޑީޕީއިން ކުރިމަތި ލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓަށް މަޖިލީސް އިންތިހާބުގައި ކެމްޕެއިން ކޮށްފައި ވާތީ، ފެނަކައިގެ ދެ މުއައްޒަފަކު ކަމުގައިވާ މުހައްމަދު ނާޒިމް އަދި އަހްމަދު މުޖުތަބާ ވަޒީފާއިން ކަނޑާލައިފިއެވެ. މި ދެމީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ އިންތިހާބު ނިމުނު ފަހުން ބަދަލު ހިފުމާއި ހައްދުފަހަނައަޅައި ގޮސްފައިވާ މުއިއްޒުގެ އަނިޔާވެރިކަން ރައްޔިތުންނަށް ދައްކައި ރައްޔިތުން ވަޒީފާގެ އަޅުންގެ ގޮތުގައި ބެހެއްޓުމަށް ރާވައިގެން މުއިއްޒު ހިންގާ ކަންކަމުގެ ތެރެއިންނެވެ.
މިއީ 6 އަހަރު އަދި 5 އަހަރު ވަންދެން ފެނަކާގައި މަސައްކަތް ކޮށް، އެމީހުންގެ އުޖޫރައިން އާއިލާ އާއި ދަރިންނަށް ޚަރަދު ކުރަމުން ދިޔަ ދިވެހި ދެ ރައްޔިތުންނެވެ. އެކަކު ހުންނެވީ ޑެޕިއުޓީ މެނޭޖަރ ލެވެލްގައެވެ. އަނެކަކު ހުންނެވީ ސްޓޭޝަން މެނޭޖަރ ލެވެލްގައެވެ.
މުއިއްޒު މަޖިލީސް އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ ބޮޑަށް ގޮވަމުން ދިޔައީ ތިމަންނާ ބަދަލު ހިފަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އޭރުވެސް ދިޔައީ އެތައް ރައްޔިތުންނެއް ވަޒީފާއިން ވަކިކޮށް އެ އާއިލާތައް އެއްވެސް ކަމެއް ސަބަބެއް ނެތި ނިކަމެތި ކުރަމުންނެވެ.
މަޖިލީސް އިންތިހާބު ނިމުމުން ވެސް މުއައްޒަފުން ވަޒީފާއިން ވަކިކޮށް، ބަދަލު ހިފުމާއި، ނަފްރަތާއި ދެކޮޅުވެރިކަމުގެ މާހައުލެއް މުއިއްޒު ދަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އުފައްދަމުންނެވެ.
މުއިއްޒުގެ ހިތުގައި ދިވެހިރައްޔިތުންނާއި މެދު ހަމްދަރުދީއެއް ނެތްކަމުގައި ވީނަމަވެސް، މުއިއްޒު ދަނީ ޗައިނާއަށް ފައިދާ ވާހެން ޗައިނާއަށް ދިވެހިންނަށް ހިންގޭ ވަރުގެ ޕްރޮޖެކްޓްތަކާއި، ދިވެހި ޤައުމުގެ ބައެއް ޗައިނާއަށް 99 އަހަރަށް ދެމުންނެވެ. މި ގޮތުން ލ އަތޮޅުން 3 ރަށާއި، އެތާގައި ތަރައްގީ ކުރާ ޕޯޓާއި، ބަނދަރާއި، ޔޮޓް މެރީނާ ޗައިނާއަށް 99 އަހަރަށް ދީފައި ވަނީ ދިވެހި އެއްވެސް ރައްޔިތަކަށް އެއިން ފައިދާ ނުވާހެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ