ބީއެމްއެލްއިން ނަގުދު ފައިސާ ނެގޭ އަދަދު ދެލައްކައަށް ދަށްކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުވާލެއްގެ މައްޗަށް ނަގުދު ފައިސާ ނެގޭ އަދަދު ދެ ލައްކަ ރުފިޔާއަށް ދަށްކުރަން ނިންމައިފިއެވެ.
ބީއެމްއެލްއިން ބުނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެ ބޭންކުން ނަގުދު ފައިސާގެ ގޮތުގައި ނެގޭ މިންވަރު ދެ ލައްކަ ރުފިޔާއާ ހަމައަށް ދަށްކުރަން ނިންމާފައިވާ ކަމަށެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުން ނަގުދު ފައިސާގެ ގޮތުގައި ނެގޭ އަދަދު ދެ ލައްކަ ރުފިޔާއަށް މަދުކުރަން ނިންމާފައިވަނީ އެގޮތަށް އެކަން ކުރުމަށް އެމްއެމްއޭއިން އެ ބޭންކަށް އެންގުމާ ގުޅިގެން ކަމަށެވެ. އެގޮތުން މި އެންގުމާ އެއްގޮތަށް 31 ޑިސެމްބަރުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ބީއެމްއެލްއިން ވަނީ ރާއްޖެއިން ކޮންމެހެން ބޭރުވާން ނުޖެހޭ ފައިސާ ބޭރުވިޔަ ނުދިނުމަށް ބައެއް މާޗަންޓް ވެބްސައިޓުތަކުގައި ކާޑުގެ މުއާމަލާތް ނުކުރެވޭގޮތަށްވެސް ހަމަޖައްސާފައެވެ. މީގެ އިތުރުން ބޭރުގެ މުއާމަލާތްތައް ކުރެވޭ މިންވަރުވެސް ބީއެމްއެލްއިން ވަނީ ލިމިޓުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ