މީރާގެ ހުޅުމާލެ އޮފީސް ފަޅާލައި ވައްކަން ކޮށްފި

ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި އެތަނުން ވައްކަންކޮށްފި އެވެ.
ފުލުހުން ބުނީ މި ވައްކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:00 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިވައްކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން އަދިވެސް ދަނީ އެ އޮފީހުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދާތީ މީރާއިންވެސް އެކަމާއި ގުޅޭ ތަފްސީލެއް ނުދެ އެވެ.
މީރާގެ އޮފީހުން ކުރީ ކިހާވަރެއްގެ ވައްކަމެއް ކަމެއް އަދި ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ސާފުވާ ގޮތެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ