ބޭސް ފަރުވާއަށް ޣާޒާގެ ރައްޔިތުން ތުރުކީއަށް ގެންދިޔުމަށް މިޞްރާއި އިޒްރާއިލުން ހުރަސްއަޅަނީ

އިޒްރާއިލްގެ ހަމަލާތަކުގައި ޒަޚަމްވެ އެކަށީގެންވާ ބޭސްފަރުވާ ނުދެވިތިބި ފަލަސްތީނުގެ ޣާޒާގެ ރައްޔިތުން ބޭސްފަރުވާއަށް ތުރުކީއަށް ގެންދިޔުމަށް އެޤައުމުން ކުރަމުންދާ މަސައްކަތަށް މިޞްރާއި އިޒްރާއިލުން ހުރަސް އަޅައިފިއެވެ.މިކަމާއި ގުޅޭގޮތުން ތުރުކީގެ ބޮޑުވަޒީރުގެ ނައިބް ވިދާޅުވެފައިވަނީ ޣާޒާގެ ރައްޔިތުން ތުރުކީއަށް ބޭސްފަރުވާއަށް ގެނައުމަށް ކުރާ މަސައްކަތުގައި އިޒްރާއިލްއާއި މިޞްރުގެ އެއަރޕޯޓުތައް ބޭނުންކުރުން މިޞްރާއި އިޒްރާއިލުން ހުއްޓުވާފައިވާ ކަމަށެވެ.އެމެރިކާގެ އެމްބަސީ ޤުދުޞަށް ބަދަލުކުރުމާއި ގުޅިގެން އިހްތިޖާޖަށް ނިކުތް މީހުންގެ ތެރެއިން 60 މީހުން އިޒްރާއިލްގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާއިރު 3000 އަށްވުރެ ގިނަ މީހުންނަށްވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.ޒަޚަމްވެ ފަރުވާއަށް ގެންނަ މީހުންގެ އިތުރުވުމާއެކު ޣާޒާގެ އަލް ޝިފާ ހޮސްޕިޓަލްވެސްވަނީ ފުރިފައެވެ. އަލް ޝިފާ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓުގެ ހެޑް އައިމަން އަލް ސަހަބާނީ ވިދާޅުވެފައިވަނީ އެއްފަހަރާ 500 މީހުން ވެސް ފަރުވާ އަށް ގެންނަކަމަށާއި މިއީ ހޮސްޕިޓަލުގެ ކެޕޭސިޓީ އަށް ކަތާވަރަށްވުރެވެސް އިތުރު އަދަދެއް ކަމަށެވެ.އިޒްރާއިލުން ޣާޒާގައި ހިންގަމުންދާ ޤަތުލްއާއްމާއި ގުޅިގެން ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެފައިވަނީ އިޒްރާއިލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ