ޖެނީން (މާޗް 23) : އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ޖެނީން ރެފިއުޖީ އަވަށަށް ވަރުގަދަ ހަމަލާތަކެއްދީ ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފި އެވެ.
ޝަހީދުކޮށްލި ތިން މީހުންގެ ތެރޭގައި އިސްރާއީލުގެ އިސްތިއުމާރާއި އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ޙަމާސް ޖަމާއަތުގެ ކޮމާންޑަރެއް ކަމަށްވާ ޖަމާލް އަބުލްހައިޖާގެ ދަރިކަލުން ޙަމްޒާ ހިމެނޭ ކަމަށް އެޖަމާއަތުން ބުނެ އެވެ.
އަބުލްހައިޖާއަކީ އިސްރާއީލުގެ އިސްތިއުމާރާއި އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރުމުގެ ސަބަބުން އިސްރާއީލުން ދިގުމުއްދަތަކަށް ޖަލަށްލާފައިވާ ކޮމާންޑަރެކެވެ.
ހުޅަނގު އައްސޭރީގައިވާ ޖެނީން ރެފިއުޖީ އަވަށަކީ އިސްރާއީލުން، އެއަވަށުގެ ރެފިއުޖީންނާ ދެކޮޅަށް 2005 ވަނައަހަރު އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ހިންގައި އެތަށް ސަތޭކަ ބަޔަކު ޝަހީދުކޮށްލާފައިވާ އަވަށެކެވެ. އިސްރާއީލުން އިއްޔެ ދިން ޙަމަލާތަކުގައި ފަލަސްތީނުގެ ތިންމީހުން ޝަހީދުވުމުގެ އިތުރުން 15 މީހުން ޒަޚަމްވެފައިވާއިރު ޒަޚަމްވި މީހުންގެ ތެރެއިން 2 މީހެއްގެ ޙާލަތު ވަރަށް ސީރިޔަސް ކަމަށް ފަލަސްތީނުގެ ސިއްޙަތާބެހޭ ދާއިރާތަކުން ބުނެއެވެ.
އިސްރާއީލުގެ ސިފައިން އިއްޔެ އަވަހާރަކޮށްލި ޙަމްޒާއަކީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރުމުގެ ސަބަބަބުން ހައްޔަރުކުރަން ބޭނުންވެފައިވާ މީހެއްކަމަށް އިސްރާއީލުން ބުނެއެވެ. ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ އިސްރާއީލުގެ މިޢުދުވާނަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު ދީފައެވެ. (ރޮއިޓާސް)
އިސްރާއީލުން ފަލަސްތީނުގެ ރެފިއުޖީ އަވަށަކަށް ޙަމަލާދީ ތިން މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ