ވޯޓަށް ހަފްތާއަކަށް ވުމުން އިބޫ ބިރުން ފިލާނެ: އަބްދުއްރަހީމް އަބްދުﷲ

ރިޔާސީ އިންތިހާބަށް ހަފްތާއަކަށް ވުމުން އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ބިރުން ފިއްލަވާނެ ކަމަށ ްޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.ޕީޕީއެމް ފަރާތުން ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އިންތިހާބަށް ހަފްތާއަކަށް ވުމުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ބިރުން ފިއްލަވާނެކަމުގެ އިޝާރަތެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ރ. އަތޮޅު މާކުރަތުގައި ވާޙަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އިންތިހާބަށް ހަފްތާއަކަށް ވެފައިވާ ކަމަށާއި އަދި އިންތިހާބުގެ ކުރިން ރައީސް ޔާމީން ބިރުން ފިއްލަވާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވިގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް އިޝާރަތް ކުރެއްވީ އެބޭފުޅާ ކުރައްވާނެ ކަމެއްގެ ވާހަކަ ކަމަށާއި އެގޮތުން އިބޫ އިންތިހާބް ދޫކޮށްދާން ރާވަމުންދާ ކަމަށެވެ. އެގޮތުން ވޯޓަށް ހަފްތާއަކަށް ވުމުން އިބޫގެ ނަން އަނބުރާ ގެންދަވާނެކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ފިއްލަވަން ބޭނުންފުޅު ނަމަ، އެފަދަ ގިނަ ކަމެއް މި ވޭތަވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެމަނިކުފާނަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާއެވެ. އެގޮތުން އެމަނިކްފާނުގެ ފުރާނަފުޅު ދުއްވާލުމަށްޓަކައި ފިސްތޯލެއް ބޭނުންކުރިކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.މީގެ އިތުރުން، އެމަނިކުފާނުގެ ކާރުކޮޅު ދުއްވާ މަގުގައި ބޮން ހަރުކޮށްގެން ބޮން ގޮއްވާ ރައީސް ޔާމީންގެ ފުރާނަފުޅު ދުއްވާލުމަށްޓަކައި މަސައްކަތް ކުރެއްވިކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އަބްދުއްރަހީމް ވިދާޅުވީ މި ހުރިހާ ހާދިސާއެއް ރައީސް ޔާމީނާށް ކުރިމަތި ކުރުވިއިރުވެސް ރައީސް ޔާމީން ބިރުފުޅު ވެނުވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ޝަރުއީ ނިޒާމުގެ ތެރެއިން ބަޣާވާތެއް ގެނެއުމަށް ބަޔަކު މީހުން މަސައްކަތް ކުރިކަންވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.އަބްދުއްރަހީމް ވަނީ 1 ފެބްރުއަރީގައި ނެރުނު ހުކުމަށް ފަހު، ބައިގަޑިއިރުގެ ތެރޭގައި ރައީސް ޔާމީން އިސްތިއުފާ ދެއްވާނެ ކަމަށް އިދިކޮޅު ގޮވިކަން ފާހަގަކުރައްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ފަސްޖެހިވަޑައިނުގެން ޤައުމަށް ހިދުމަތް ކޮށްދެއްވާ ވެރިޔެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ