ރަނިންމޭޓަކަށް އެންމެ ރަނގަޅީ އަލީ ހުސައިން: މެންބަރު އަބްދުﷲ

ކޯލިޝަން ކެންޑިޑޭޓުގެ ރަނިންމޭޓެއްގެ ގޮތުގައި އެންމެ ރަނގަޅު ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ވިދާޅުވެއްޖެއެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުމަށް ވަނީ އެއްބަސް ވެފައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެނީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށާއި، އެމްޑީޕީއާއެކު ނުކުންނާނީ ޖޭޕީގެ ރަނިންމޭޓެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ރަނިންމޭޓަކަށް ގެންނަން އެ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ގެންނަން ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ތާއިދުކުރައްވާނެ ކަން ހާމަކޮށްފައި ވަނިކޮށް، މެމްބަރު އަބްދުﷲ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަން ކެންޑިޑޭޓެއްގެ ރަނިންމޭޓެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީން ރައްޔިތުންނަން ދައްކާ އެންމެ ރަނގަޅު ބޭފުޅަކީ ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސެއިން ކަމަށެވެ. މެންބަރު އަބްދުﷲ ގެ ތާއިދު އަލީ ހުސެއިންނަން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވެފައެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ފަރާތުން ނެރޭނެ ބޭފުޅެއްގެ ނަން، އުކުޅަހުގައި ބާއްވާ އެ ޕާޓީގެ ތިން ވަނަ ކޮންގްރެސްއިން ކަނޑައަޅާނެއެވެ. ރައްޔިތުންގެ މަޖިލީހުގައި ގިނަ ދައުރުތަކެއް ފުރިހަމަ ކުރައްވާފައިވާ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ގިނަ ބަޔަކު ދަނީ ތާއިދު ކުރައްވަމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ