ޒަރޫޒީ ހާލަތުގެ ވާހަކައެއް ޤާނޫނު އަސާސީއަކު ނެތް: އަބްދުﷲ ޝާހިދު

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި އޮންނަނީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި ޒަރޫރީ ހާލަތުގެ ވާހަކަ ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ މަޖިލީހުގެ އަގްލަބިއްޔަތު މެމްބަރުން މަޖިލީހަށް ވަޑައިގެން ނެތް ނަމަވެސް ޒަރޫރީ ހާލަތުގައި މަޖިލީހުގައި ކަންކަން ފާސްކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް އެމްޑީއޭ މެމްބަރުންގެ ވޯޓުން ކަނޑައެޅުމާއި ގުޅިގެން ކުރެއްވި ޓްވިޓެއްގައެވެ.
ޝާހިދު ވިދާޅުވީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ވާހަކަ ކަމުގައެވެ.
ނަމަވެސް ޒަރޫރީ ހާލަތުގެ ވާހަކަ ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާކަމަށާއި ޒަޒޫރީ ހާލަތޭ ބުނެ ޤާނޫނު އަސާސީގައި ސާފުކޮށް ބުނެފައިވާ ކަންކަމާއި ހިލާފަށް ޢަމަލު ނުކުރެވޭނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި އެއީ ޤާނޫނު އަސާސީގެ ބާރުކަނޑުވާލުންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ