60 ދުވަސް ޗުއްޓީ ލިބޭ ގޮތަށް ޝަރުއީ ދާއިރާގެ މުއައްޒަފުންގެ ގަވާއިދު އިސްލާހުކޮށްފި

ޝަރުއީ ދާއިރާގެ މުއައްޒަފުންގެ ގަވާއިދު 2011 އަށް އިސްލާހު ގެނެސް އިއްޔެއިން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.
އިސްލާހު ގެނެސްފައިވަނީ އެ ގަވާއިދުގެ 142 ވަނަ މާއްދާއަށެވެ. އެ މާއްދާއަކީ ބަލިވެއިނުމާއި ވިހެއުމާ ގުޅިގެންދޭ ޗުއްޓީއާ ބެހޭ މާއްދާއެވެ. އިސްލާހު ގެނެސްފައިވަނީ އެ މާއްދާގެ އަކުރު (ހ) އަށެވެ.
އިސްލާހު ގެނައުމުގެ ކުރިން އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެ މުވައްޒަފަކަށް، ސެޓްފިކެޓުގައި ބުނާ ތާރީހުން ފެށިގެން ވިހެއުމާ ގުޅިގެން 60 ދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ހިމަނައިގެން މުސާރައާއެކު ދޭންވާނެ ކަމަށެވެ.
އިސްލާހުގައި ބުނެފައިވަނީ 60 ދުވަހުގެ ޗުއްޓީ ބަންދު ދުވަސްތައް ނުހިމަނާ ދޭންވާނެ ކަމަށެވެ. މިއީ މި ގަވާއިދަށް އޭޕްރިލް 28، 2011 އިން އަމަލު ކުރަން ފެށިފަހުން ގެނައި ތިން ވަނަ އިސްލާހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ