އެމްއާރުޑީސީން ބޭއްވި ކުޑަކުދިންގެ ހަވީރުން ލިބުނު ފައިސާ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކޮށްފި

މޯލްޑިވްސް ރޯޑް ޑެވަލޮޕްމެންޓް ކޯޕަރޭޝަން އެމްއާރުޑީސީގެ ހުރިހާ ޑިޕާރޓްމަންޓްތަކުން ބައިވެރިވެގެން ރަސްފަންނު ސަރަހައްދުގައި ކިޑްސް ފިއެސްޓާގެ ނަމުގައި ބޭއްވި ކުޑަކުދިންގެ ހާވީރުން ލިބިފައިވަނީ ދިހަ ހާސް ރުފިޔާއެވެ. ޖެންޑަރ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ދިހަ ހާސްރުފިޔާގެ އިތުރުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ބޭނުންވާ ސްކޫލް ސްޓޭޝަނަރީ ތައް ވަނީ ހަދިޔާކޮށްފައެވެ. ކުޑަކުދިންގެ ހިޔާއިން މި ފާއިސާއާއި ހަވާލުވީ ޕާރމެނެންޓް ސެކްޓްރީ އާއިމިނަތު ޝިފާނާ ، އެމްއާރްޑީސީގެ ފަރާތުން ފާއިސާ އަދި ސްޓޭޝަނަރީ ތައް ހަވާލުކޮށްދެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު ފަސީހުއެވެ. އެމްއާރްޑީސީގެ ކޮންމެ ޑިޕާރޓްމަންޓަކުން ބައިވެރިވެގެން ކުޑަކުދިން ޝައުގުވެރިވާކަހަލައިގެ ތަފާތު ގިނަ ސްޓޯލް ތަކެއް ތައްޔާރު ކޮށްގެން ކުރިއަށްގެންދިޔަ މި ހަވީރުގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ސަޕްރައިޒިން ގިނަ ކަންތައްތަކާއެކު ބޭއްވި މި ކުޑަކުންގެ ހަވީރަކީ އެހެން ކުޑަކުދިންގެ ހަވީރުތަކާއި ޚިލާފަށް ތަފާތު ކުޅިވަރުތަކެއް ފެނިގެން ދިޔަ ކުޑަކުދިންގެ ހަވީރަކަން ފާހަގަވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ