ށ. ފޯކައިދޫގައި ބައެއް ގެތަކުން ބިލް ނުދައްކައިގެން މުޅި ރަށުން ކަނޑާލިތާ ފަސް ދުވަސް ފަހުން މިއަދު ކަރަންޓް ދީފި އެވެ.
ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ރާޝިދު ވިދާޅުވީ ބުރާސްފަތިދުވަހުން ފެށިގެން ކަރަންޓް ނެތި ދަތި ހާލުގައި ރައްޔިތުން އުޅުމަށް ފަހު ކަރަންޓް ލިބުނީ މިއަދު  00: 6 ގައި ކަމަށެވެ. ކަރަންޓް ދިނީ، އޭނާ ވިދާޅުވި ގޮތުގައި، އެ ރަށުގައި ބިލް ނުދައްކާ  85 ގޭގެ މިދިޔަ މަހުގެ ބިލަށްވާ  57،000 އަށް ވުރެ ގިނަ ރުފިޔާ ކައުންސިލް އިދާރާ އަށް ލިބުމުންނެވެ.
"ހެޔޮ އެދޭ ފަރާތަކުން ބިލްތަކަށްވާ ފައިސާ ދައްކާފައި ވަނީ. އެހެންވެ ކައުންސިލުން ނިންމީ ކަރަންޓް ދޫކުރަން،" ރާޝިދު ވިދާޅުވި އެވެ.
އެ ރަށުގައި ކަރަންޓް ނެތިގެން ރޭގަނޑު ފަތްޖެހި އެނދާއި ޖޯލި ނެރެގެން ކުޑަކުދިންނާއި ބޮޑެތި މީހުން ވަނީ މަގުމަތީގައި ހޭދަކޮށްފަ އެވެ.
ރާޝިދު ވިދާޅުވި ގޮތުގައި ކަރަންޓް ދިން ނަމަވެސް ރައްޔިތުން ހުށަހަޅާފައިވާ ޝަކުވާތައް ބަލައި މިހާރަށް ވުރެ ކަރަންޓް އަގު ހެޔޮކުރުމަށް ކައުންސިލުން މަސައްކަތް ކުރާނެ އެވެ. 
ފޯކައިދޫން ކަރަންޓް ކަނޑާލާފައި ވަނީ ބައެއް ގެތަކުން ބިލް ނުދައްކާ މައްސަލަ ބޮޑުވެ ރައްޔިތުން ޝަކުވާ ކުރުމާ ގުޅިގެންނެވެ. 
ކަރަންޓް ބިލް ނުދައްކާ ގެތަކުން ކަރަންޓް ކަނޑާލުމުން  ބަޔަކު މީހުން ވަނީ ކައުންސިލް އިދާރާ ދޮށަށް އެއްވެ ނުރުހުންފާޅުކޮށްފަ އެވެ. ނަމަވެސް ކަރަންޓް ދޫނުކުރީ ބިލް ދައްކާފައި ތިބި ގިނަ ގެތަކުން ކަރަންޓް ދޭން ބޭނުން ނުވުމުން ކަމަށް ފޯކައިދޫ ކައުންސިލުން ބުނެ އެވެ.
    
    ފަސް ދުވަސް ފަހުން ފޯކައިދު އަށް ކަރަންޓު ލިބިއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ