މި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނީ އަމިއްލަގޮތުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިއަދު ވިދާޅުވީ، ޕީޕީއެމްގެ ޓިކެޓު ހޯދުމަށް އެއްވެސް މަސައްކަތެއް ދެން ނުކުރާނެ ކަމަށާއި ސަބަބަކީ ޑިމޮކްރެޓިކް އުސޫލުތަކާ ދުރަށް އެޕާޓީ ގޮސްފައިވާތީ ކަމަށެވެ.
އުމަރު ވިދާޅުވީ، އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރެއްވިނަމަވެސް ކޯލިޝަނެއް ހެދުމަށް މަސައްކަތް ކުރާނެ ކަމަށާއި, ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނި އިންތިޚާބުގައި ވާދަކުރައްވަން ދޫކޮށްނުލައްވާނެ ކަމަށެވެ. އަދި ކޯލިޝަނެއްގެ ތެރެއިން މަސައްކަތްކުރާއިރު، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އޭނާ ކުރިމަތިލުމަށް ކޯލިޝަންގެ ބައިވެރިން ލަފާދީފިނަމަ އެގޮތަށް އަމަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޖަލަށްނުލައިފިނަމަ، ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޭނާގެ ނަން އޮންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށްދޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް އުމަރު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ