މާލޭގެ ބައެއް އިމާރާތްތަކުގައި ދަމާފައި ހުރި އިންޑިއާ އައުޓް ޖަހާފައިވާ ބެނޭތައް ނެގުމަށް ކޯޓު އަމުރު ނެރުއްވި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހަށް އިންޒާރު ދިން ކަމަށް ބުނެ އައްބާސް އާދިލް ރިޒާގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ކޯޓު އަމުރުގައި ގާޒީގެ ނަން އޮތް ހިސާބުގެ ފޮޓޯއަކާއެކު އައްބާސް ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކުރިމިނަލް ކޯޓުގެ ގާޒީ މިސްބާހް މަތިން ހަނދާން ނެތިދާނެތީ ހަނދާނުގައި ބެހެއްޓުމަށްޓަކައި ޓުވީޓު ކުރާ ކަމަށާއި “މަޖީދީމަގުގައި ހުރިހާ ގައްދާރުން ވާޖަހާ ދަމަންވާނެ” ކަމަށެވެ.
ނަމަވެސް އެ ޓުވީޓް މިހާރު ފެންނާކަށް ނެތެވެ. ބެނޭތައް ނެގުމަށް ގާޒީ މިސްބާހު އަމުރު ނެރުއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިސް 4:50ގަ އެވެ.
އެކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ބުނީ، އެ ޓުވީޓަކީ ގާޒީއެއްގެ މަސްއޫލިއްޔަތު އަދާކުރުމުން އެކަމާ ގުޅުވައި އެ ގާޒީއަށް ބިރުދައްކައި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމުގެ ގޮތުން ކޮށްފައިވާ ޓުވީޓެއް ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ގާނޫނީ ހަމަތަކުގެ މަތިން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.
އަދި ބުނީ، އެފަދަ ކަންކަމާ ގުޅުވައިގެން ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނަށް ދޭ އިންޒާރުތަކުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރާނެ ކަމަށެވެ.
ބެނާތައް ނަގަން އަމުރު ނެރުއްވި ގާޒީ ވާޖަހާ ދަމަންވާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ