ފަހަތު ފަޔަށް ބަރު ނުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮށްފައިވާ ޢައިރު ގާނޫނީ ކަންކަމަށް ގާނޫނީ ބާރު ހިންގެވުމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވިތާ އެއް ފުރުން ފާހަގަ ކުރުމަށް ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ އަވަހަށް ބަލައި ނަޝީދާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އެކަމަށް އެއް އަހަރު ދުވަހަކީ ވެސް މާ ގިނަ ދުވަސްތަކެއް ކަމަށެވެ.
އެހެން ކަމުން ރައީސް ނަޝީދުގެ މައްޗަށް ގާނޫނީ ބާރުވެރިކަން ހިންގުމަށް މުއައްސަސާތައް އަދިވެސް ފަހަތު ފަޔަށް ބަރުވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެއްވެސް ރައީސަކަށް ފަނޑިޔާރަކު ވަގަށް ނަގައިގެން ނުގެންގުޅެވޭނޭ ކަން ކުރިމަގުގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް އަންގައިދޭންޖެހޭ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ސަރުކާރުގައި ހުރިހާ މުއައްސަސާތަކެއްގެ ބާރު ކަނޑުވާލައި ފަނޑިޔާރުގެތައް ފުނޑުފުނޑު ކޮށްލަން މަސައްކަތް ކުރިތަން ފެނިގެންދިޔަ ކަމަށާއި ނަމަވެސް އޭރު ނަޝީދުގެ މައްޗަށް ގާނޫނު ހިންގެވިފައިނުވާ ކަން އުމަރު ފާހަކަ ކުރެއްވި އެވެ.
އުމަރު ވިދާޅުވީ، ފެބްރުއަރީ 7 އަންނަޖެހުނީ ހުރިހާ މުއައްސަސާތަކަކާއި ފަނޑިޔާރުގެތަކުގެ އިތުރުން އޭރު ދެކޮޅަށް މަސައްކަތް ކުރަމުން ދިޔަ ސިޔާސީ ޕާޓީ ޑީއާރްޕީ ވެސް ފެއިލްވުމުން ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް އަވަހަށް ހުކުމްކުރުމަށް އުމަރު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ