ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި ވޯޓްލާ މީހުންގެ ރަޖިސްޓްރީ އިސްލާހުކުރުމުގެ ކެމްޕެއިން އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.
ކޮމިޝަނުން ބުނިގޮތުގައި ރަޖިސްޓްރީ ޗެކްކުރުމުގެ ޕްރޮގްރާމުގެ ދަށުން ފުރަތަމަ މަސައްކަތް ކުރިއަށްދާނީ ގަލޮޅުގަ އެވެ. އެ އަވަށުގެ ގޭތަކަށް ރަޖިސްޓްރީ ޗެކްކުރުމަށްޓަކައި އަންގަރާ ދުވަހާއި ބުދަ ދުވަހު ޕޯސްޓުގެ ޒަރިއްޔާއިން ރަޖިސްޓްރީ ފޮނުވާނެކަމަށެވެ.
ގޭގެ އަށް ފޮނުވާފައިވާ ލިސްޓްތަކުގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ އިލެންޝަންސް ކޮމިޝަނަށް ގުޅައިގެން ސާފުކުރުމަށާއި ފޮނުވާ ލިސްޓްތަކާބެހޭ ގޮތުން ފަސޭހަކަމާއެކު މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖައްސާފައިވާކަމަށް ކޮމިޝަނުން ބުނެއެވެ.
ވޯޓްލާ މީހުންގެ ރަޖިސްޓްރީ ޗެކްކުރުމަށް ހިންގާ ކެމްޕެއިނުގެ ދަށުން ފުރަތަމަ ބުރުގައި ހިމެނޭ ގޭގެ އަށް ފޮނުވާ ލިސްޓްތައް ގޭގެ ވެރި ފަރާތުން ޗެކްކުރުމަށް ފަހު ފޮނުވައިދިނުމަށް ކޮމިޝަނުން އެދެ އެވެ. އަންނަ މަހުގެ އަށް ވަނަ ދުވަހު ލިސްޓްތަކާ ހަވާލުވުމަށް ގޭގެއަށް ޒިޔާރަތްކުރުމަށް ވަނީ ނިންމާފައެވެ. ލިސްޓްތަކާ ހަވާލުވުމަށް ގޭގެ އަށް ޒިޔާރަތްކުރާނީ ޕޯސްޓްގެ ފަރާތުންނެވެ.
ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ