ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، މޫސުމާ ބެހޭ އިދާރާ އިން މިރޭ ޔެލޯ އެލާޓް ނެރެފި އެވެ. ޔެލޯ އެލާޓް ނެރުނީ ހދ. އިން ފެށިގެން ލ އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ކަމަށް މެޓުން ބުންޏެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 7:35 އިން މިރޭ ދަންވަރު 12:00 އާ ހަމައަށެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނީ އެ ގަޑިތަކުގައި ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ޔެލޯ އެލާޓަކީ މޫސުމާ ގުޅިގެން މެޓުން ނެރޭ ދެ ވަނަ ދަރަޖައިގެ އިންޒާރެވެ. މޫސުމް ގޯސްވެ ނުރައްކާ އެންމެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ ނަމަ ނެރޭނީ ރެޑް އެލާޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ