ޕީޕިއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރުގެ ޓީމަކީ ހުސް ވާހަކަތަކެއް ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެ ޓީމެއް ނޫން ކަމަށާއި އަމަލުން ކަންކަން ދައްކުވައިދޭނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.                         
ސީއެންއެމަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މީގެ ކުރިން ވެސް ސަރުކާރުގެ މަސްއޫލުވެރި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން އޭރު އެބޭބޭފުޅުންނަށް ނުކުރެވުނު ކަންތައްތަކުގެ ވާހަކަތައް މިހާރު ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 
"އެކަންކަމަކީ ކޮށްދެވިއްޖެއްޔާ ރަނގަޅު ކަންކަމެއް، އެކަމަކު އެތައް ދުވަސްތަކެއް ވަންދެން މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ނުކުމެވަޑައިގެން އެވާހަކަތައް ދެއްކެވުމަކީ ޓީމު އުމަރުން ޖެހިލުންވާނެ ކަންކަމެއް ނޫން" އުމަރު ވިދާޅުވިއެވެ. 
އިތުރަށް ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، " 15 އަހަރަކީ ތެޔޮ ހޯދާ މީހަކަށް ތެޔޮ ހޯދަން އެކަށިގެންވާ މުއްދަތެއް.ޓީމު އުމަރުން ވާހަކައެއް ނުދައްކާނެ، ތެޔޮ ހޯދަން ނުކުމެއްޖެއްޔާ އަޅުގަނޑުމެން ހުއްޓާލާނީ ތެޔޮ ހޯދާ ތެޔޮ ވިއްކާފައި، އެހެންވީމާ މިއީކީ އާވާހަކަތަކެއް ނޫން، އާ މީހަކު ދެއްކެވި ނަމަ ޓީމު އުމަރު ވެސް އިމްޕްރެސް ކުރެވުނީސް،" އުމަރު ވިދާޅުވިއެވެ. 
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ޕީޖީގެ ލީޑަރު އަބުދުﷲ ޔާމީން ތާއިދު ކުރައްވާ ފަރާތްތައް ރަސްމީކޮށް އިއުލާނު ކުރުމަށް ދަރުބާރުގޭގައި ރޭ ރަސްމިއްޔާތެއް ބޭއްވި އިރު ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ތާއިދު ކުރާ ފަރާތްތައް ރަސްމީކޮށް އިއުލާނު ކުރުން މިރޭ އާޓިފިޝަލް ބީޗުގައި އޮންނާނެއެވެ.
    
    ޓީމު އުމަރަކީ އަމަލުން ކަންކަން ސާބިތުކޮށްދޭނެ ޓީމެއް: އުމަރު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            