އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ ހުރިހާ ދައުވާއެއް މެދު ކަނޑާލައިފި

ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލާގައި ހައިކޯޓުން މިއަދު ނެރުނު ވަގުތީ އަމުރާއި ގުޅިގެން އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ފަސް ދައުވާގެ އަޑުއެހުންތައް ވެސް މެދު ކަނޑާލައިފިއެވެ.
ހައިކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ރައީސް ނަޝީދުގެ ގާނޫނީ ޓީމުން އެކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި މެދު އެކޯޓުން ވަކި ގޮތެއް ނުނިންމަނީސް ހުޅުމާލޭ ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިއުމަށް އަމުރުކޮށްފައެވެ.
މިއަމުރާއި ގުޅިގެން މިއަދު ހަވީރު ހަތަރެއް ޖަހާއިރު ބޭއްވުމަށް ހުޅުމާލޭ ކޯޓުން ތާވަލުކޮށްފައިވާ ރައީސް ނަޝީދުގެ މައްސަލައިގެ އަޑުއެހުން ވެސްވަނީ ކެންސަލުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައްޔަރު ކުރި މައްސަލައާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު ތަލްހަތު އިބުރާހީމު ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް މޫސާ އަލީ ޖަލީލައި ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމުދީދީއާއި އެމްއެންޑިއެފުގެ އޮޕަރޭޝަންސް ކޮމާންޑް ޑައިރެކްޓްރޭޓުގެ ހެޑް ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
ފަސްދައުވާގެ އަޑުއެހުންތައް ވެސް މެދުކަނޑާލާފައިވާ ފަސް ދައުވާގެ އަޑުއެހުންތައް ވެސްވަނީ މިހަފުތާގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ