16 އަހަރުގެ ސްކޫލް ކުއްޖަކު ބަނޑު ބޮޑުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

16 އަހަރުގެ ސްކޫލް ކުއްޖަކު ބަނޑު ބޮޑުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ ށ.އަތޮޅު ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކު ބަނޑު ބޮޑުވި މައްސަލައެއް ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލް ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ބަނޑު ބޮޑުވި އަންހެން ކުއްޖަކީ ގުރޭޑް 9 ގައި ތައުލީމް ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެ ރަށު ސްކޫލްގައި ތައުލީމް ހާސިލުކުރަމުން އަންނަ 18 އަހަރުގެ ދަރިވަރަކާއި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ފުލުހުންގެ އިތުރުން ޖެންޑާއިން ވެސް މި މައްސަލަ ދަނީ ބަލަމުންނެވެ.
ކުއްޖާގެ ބަނޑަށް މިހާރު ފަސް މަސްވެފައިވާއިރު، މިހާރު އެ ކުއްޖާ ސްކޫލަށް ނުދާ ކަމަށްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ