ދެކުނު އެމެރިކާގެ މޫސުން ގޯސްވެ ދެލައްކައެއްހާ މީހުން ހާލުގައި ޖެހިއްޖެ

ދެކުނު އެމެރިކާގައި އޮންނަ ޕެރެގުއޭ، އާޖެންޓީނާ، އުރުގުއޭ އަދި ބްރެޒިލްގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު ދެލައްކައެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.
މިހާދިސާގައި ބޯކޮށް ވާރޭ ވެހި އެޤައުމުތަކުގެ ކޯރުތައް ބަންޑުން ޖެހުމުގެ ސަބަބުން، ފެންބޮޑުވެ ގިނަ އަދަދެއްގެ އާންމުން އުޅޭ ގެތައް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ.
މި ހާދިސާއާއި ގުޅިގެން ޕެރެގުއޭގައި ކުއްލި ހާލަތު އިއުލާންކޯށްފައިވާއިރު، އެޤައުމުގެ ރަޢިސް ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ ގޮތުން 3.5 މިލިއަން ޑޮލަރުގެ ފަންޑެއް ހުޅުވައިދެއްވާފައެވެ.
ޚަބަރުތައް ބުނާގޮތުގައި މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ކަރަންޓު ފޯރުކޮށްދޭ 200 އަށްވުރެ ގިނަ ޓަވަރު ވެއްޓި ވަރަށް ގިނަ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތްވަނީ ކެނޑިފައެވެ.
މިހާދިސާގައި މިހާތަނަށް ދެ މީހަކު މަރުވެފައިވާއިރު، މިއީ އުތުރު އެމެރިކާއަށް މިއަހަރުގައިވެސް މޫސުން އެންމެ ބޮޑަށް ގޯސްވި ފަހަރު ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. އޭގެ އިތުރުން ޕެރެގުއޭއާއި އާޖެންޓީނާގެ ބައެއް ސަރަހައްދުތަކުގައި ކުރިޔަށްއޮތްތަނުގައި އިތުރަށް ފެންބޮޑު ވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ލަފާ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ