ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ޑްރަގު ކޯޓަށް ބަދަލުކޮށްފި

ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ޑްރަގު ކޯޓަށް ބަދަލުކޮށްފިއެވެ.
"ވަގުތަށް" ކަށަވަރުވެފައިވާ ގޮތުގައި އަލީ ރަޝީދު ޑްރަގު ކޯޓަށް ބަދަލުކޮށްފައިވަނީ މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށެވެ.
އަދި ޑްރަގް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ވަނީ މިއަދުން ފެށިގެން ސިވިލް ކޯޓުގެ ގާޒީ ކަމަށް ބަދަލު ކޮށްފައެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ޑްރަގު ކޯޓަށް އަދި ޑްރަގު ކޯޓުގެ ގާޒީ ޒުބައިރު ސިވިލް ކޯޓަށް ބަދަލު ކުރި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
އަލީ ރަޝީދު ޑްރަގު ކޯޓަށް ބަދަލު ކުރުމާއި ގުޅިގެން ސިވިލް ކޯޓު ވަގުތީ ގޮތުން ހިންގެވުމަށް ހަމަޖެހިފައިވަނީ އެ ކޯޓުގެ ގާޒީ ގާޒީ އަބުދުﷲ އަލީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ