ސިވިލް ކޯޓުން ޕީޕީއެމް އޮފީހަށް ޗިޓް ފޮނުވައިފި

ރައީސް މައުމޫންގެ މައްސަލަ ކޯޓަށް ހުށަހެޅި މެމްބަރުން އެ މައްސަލަ ކޯޓުން އަނބުރާ ނަގާފައިވާކަމަށް ބުނެފައިވަނިކޮށް މާދަމާ ކޯޓަށް ހާޒިރުވުމަށް ސިވިލްކޯޓުން ޕީޕީއެމް އޮފީހަށް ޗިޓް ފޮނުވައިފި އެވެ.
ސިވިލް ކޯޓުން ފޮނުވާފައިވާކަމަށްބުނާ ޗިޓްގެ ކޮޕީއެއް ދުވަހަށް ލިބިފައިވާއިރު އެ ޗިޓް އެޑްރެސް ކޮށްފައިވަނީ ޕީޕީއެމް އަށެވެ.
އެ ޗިޓްގައި ބުނެފައިވާގޮތުން ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ  ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މައްޗަށް ޅ. ނައިފަރު / ގުލްޗަމްޕާގެ އަހްމަދު ޝިޔާމާއި ސ. ހުޅުދޫ / މޭވާ ގަސްދޮށުގެ މުހައްމަދު ޝާހިދު ހުށަހަޅާފައިވާ ގާނޫނަކުން ގަވާއިދަކުން ނުވަތަ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ހުށަހަޅާފައިވާ މައްސަލައަށް ކަމަށެވެ.
ޗިޓްގައި ވާގޮތުން ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ 17 ޖުލައި 2016 ދުވަހުގެ 13:30 އަށެވެ.
ޗިޓަށް ބަލާލާއިރު މައްސަލަ ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި ޗިޓް ތައްޔާރުކޮށްފައިވަނީވެސް އިއްޔެގެ ވަގުތެއްގަ އެވެ.
ތަފްސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ