މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކ އަތޮޅާއި ސ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާން ވަނީ އެ ސަރަހައްދަށް، މިއަދު ހެނދުނު 06:30 އިން މެންދުރު 12:30 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ. މީޓިއޮރޮލޮޖީން ބުނި ގޮތުގައި އެ ސަރަހައްދަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވެއެވެ.
މީޓިއޮރޮލޮޖީން ބުނި ގޮތުގައި ރާއްޖެ ސަރަހައްދުގައި އާންމު ގޮތެއްގައި އުޑުމަތި ބަނަވާނެއެވެ އަދި އެކިހިސާބަށް ވިއްސާރަކުރާނެ ކުރާނެ ކަމަށާއި ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާކަމަށް ވެސް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
މެދުތެރޭ އަތޮޅުތަކަށް ހުޅަނގުދެނުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މީޓިއޮރޮލޮޖީން ބުނެއެވެ.
އޭގެ އިތުރުން ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
މޫސުން ގޯސް، ކ.އަތޮޅާއި ސ.އަތޮޅާ ދެމެދަށް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ