ހުޅުމާލޭއިން ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން އެކަކު ކޯޓުން ދޫކޮށްލައިފި

ހުޅުމާލޭގައި އިއްޔެ ކުރި މުޒާހަރާގައި ހަމަ ނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުކުރު ދުވަހު ހުޅުމާލެއިން ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ދޫކޮށް އަނެއް ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
އިއްޔެ ހައްޔަރުކި މީހުންގެ ތެރެއިން އެކަކު ދޫކޮށްލުމަށްފަހު މުއްދަތު ޖެހި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖާ ވެސް ހިމެނެއެވެ. މިމައްސަލާގައި ހައްޔަރުކުރެވުނު ކުޑަ ކުއްޖާގެ ބަންދުގެ މުއްދަތަށް ހަތް ދުވަސް ޖަހާފައިވާއިރު ދެން ތިބި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ފަސް ދުވަހަށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބަންދުގެ މުއްދަތު އިތުރު ކުރި ހަތަރު މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށެވެ.
ހުކުރު ދުވަހު ހުޅުމާލޭގައި ކުރި މުޒާހަރާއާއި ގުޅިގެން 15 މީހަކު ހައްޔަރުކޮށްފައިވެއެވެ. ހަމައެރޭ އޭގެތެރެއިން ދިހަ މީހަކުވަނީ ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ