ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކޯޓުން ބޭރުގައި ޢުމުރުން 18 އަހަރު ނުފުރޭ ކުޑައްކުއްޖަކާ ކާވެނިކޮށްގެން އުޅުނު މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފިއެވެ. މިމައްސަލާގައި ޢުމުރުން 17 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުން ކާވެނިކޮށް އެކުއްޖާ ބަލިވެއިން މައްސަލާގައި ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ކަމުގައި ތުހުމަތުވަނީ ހއ.ފިއްލަދޫ/ ޝޭޑޯޒް، އަޙްމަދު އަޢުތަފަށެވެ. ޢުމުރުން 23 އަހަރުގެ އައްޠަފު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ މ.މުލި މެޖިސްޓުރޭޓު ކޯޓުންނެވެ. މިމައްސަލާގައި ތުހުމަތުވާ ޢައްޠަފު މުލި މެޖިސްޓުރޭޓު ކޯޓަށް ހާޒިރުކުރުމުން މިމައްސަލައަކީ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކުޑަކުއްޖަކާ ކޯޓުން ބޭރުގައި ކާވެނިކޮށް އެކުއްޖާއަށް ޖިންސީ އަނިޔާކޮށް ރޭޕުކުރުމުގެ މައްސަލައެއް ކަމުގައިވާތީ، ތުހުމަތުވާ މީހާ ދޫކޮށްލައިފިނަމަ މައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި ހެކި ނައްތައިލުމުގެ އިހުތިމާލު އޮތުމުން މުޖުމަތުޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ޝަރީޢަތް އެކީ ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރިއެވެ. މިމައްސަލަ މުލީ ކޯޓަށް ހުށަހަޅާފައިވަނީ ޖުލައި މަހުގެ 04 ވަނަ ދުވަހުއެވެ. ފުލުހުން ބުނިގޮތުގައި މިމައްސަލާގައި ޢައްޠަފްގެ މައްޗަށް ދަޢުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފުލުހުންދަނީ ކުރަމުންނެވެ. ކުޑަކުދިންގެ ނާޖައިޒު ފައިދާ ނެގުމާއި އެކުދިންނަށް ޖިންސީ އަދި އެނޫންވެސް އަނިޔާ ދިނުމުގެ މައްސަލަތައް އިތުރުވަމުންދާތީ އިތުރަށް މިފަދަ ކަންކަމުގައި ސަމާލުވުމަށް ފުލުހުންވަނީ ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ. އަދި ކުޑަކުދިންގެ މައްސަލަތައް މީޑިޔާގައި ރިޕޯޓުކުރުމުގައި އެކުދިންގެ ކަރާމަތަށް އުނިކަން ނާންނާނެ ގޮތަށް އެކަންކުރުމަށް ފުލުހުން އެދިފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ކޯޓުން ބޭރުން ކުޑަކުއްޖަކާ ކާވެނިކުރި މީހެއް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ