އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ ގޮތުގައި ވެސް ހުންނެވި ރިޗާޑް މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އެވެ.
ގައްސާން ގެ އިތުރުން އެމްއެންޑީއެފް އަދި ފޮރިން މިނިސްޓްރީގެ އިސްވެރިން ވެސް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވި އެވެ.
ރިޗާޑް ވަނީ މިއަދު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އާ ބައްދަލުކުރައްވާފަ އެވެ. ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ސަލާމަތީ ގުޅުން ބަދަހި ކުރުމާއި ޓޫރިޒަމް ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރި ކަމަށް އެ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން މި ބައްދަލުވުމުގައި، ތިމާވެށި ރައްކާތެރި ކުރުމަށާއި މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމުން ހިއްސާކުރާ ލަޑުދަނޑިތަކާމެދު ނައިބު ރައީސް އަދި ރިޗާޑް މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ޑިފެންސް މިނިސްޓްރީ، އެމްއެންޑީއެފް، ފޮރިން މިނިސްޓްރީ އަދި ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާ އެމްބަސީގެ އިސްވެރިން ބައިވެރިވި ބައްދަލުވުން ނިންމާލީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އިތުރު މަޝްވަރާތަކެއް ކުރުމަށްފަހު އެވެ.
ދަތުރާ ގުޅިގެން ރިޗާޑް މިހާތަނަށް ސޯޝަލް މީޑިއާގައި އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެ އެވެ.
އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރާއްޖޭގައި, ނައިބު ރައީސް އާ ބައްދަލުކުރައްވައިފި އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރާއްޖޭގައި, ނައިބު ރައީސް އާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ