އެމެރިކާގައި އިޒްރޭލަށް ތާއީދުކުރާ ޖަމާއަތްތަކުން ޑީޕޯޓް ކުރުމަށް އަޑުއުފުލާ، ފަލަސްތީނުގެ ޅެންވެރިޔާ މުސާބް އަބޫ ތޯހާއަށް ކޮމެންޓްރީގެ ޕުލިޓްޒާ އިނާމު ލިބިއްޖެ އެވެ.
އަބޫ ތޯހާއަށް މި ޝަރަފުވެރި އެވޯޑް ލިބުނީ ގާޒާގައި ހިންގަމުންދާ ޖިސްމާނީ އަދި ނަފްސާނީ ކަތިލުންތަކުގެ މައްޗަށް ބިނާކޮށް ޝާއިއުކޮށްފައިވާ ލިޔުންތަކަކަށެވެ.
ސޯޝަލް މީޑިއާގައި އަބޫ ތޯހާ ވިދާޅުވީ އޭނާގެ ކޮމެންޓަރީއަށް ޕުލިޓްޒާ އިނާމު ލިބިފައިވާ ކަމަށެވެ.
"އުއްމީދު ގެނެސްދޭށެވެ. އަދި ވާހަކަ ކިޔައިދޭށެވެ،" އަބޫ ތޯހާ ވިދާޅުވި އެވެ.
މި ކޮމެންޓަކީ ޑިސެމްބަރު 2023ގައި ގާޒާއަށް އިޒްރޭލުން ދިން ހަމަލާއެއްގައި މަރުވި އޭނާގެ އެކުވެރި ފަލަސްތީނުގެ ޅެންވެރިޔާ ރީފާތު އަލާރީރަށް ހަަދައިދިން ޅެމެއް ކަމަށް ބެލެވެ އެވެ. އަލާރިރުގެ އެންމެ ފަހު ޅެމުގެ ނަމަކީ "އަހަރެން މަރުވާން ޖެހިއްޖެ ނަމަ އެއީ ވާހަކައަކަށް ވާށެވެ."
އަބޫ ތޯހާ ވަނީ 2023 ވަނަ އަހަރު ގާޒާގައި އިޒްރޭލު ސިފައިން ހިފަހައްޓައި މިސްރަށް ފުރުވާލައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެމެރިކާއަށް ބަދަލުވެފަ އެވެ.
"ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުގެ ހަނދާންތަކުގެ ހަގީގީ އެތައް ބައިތަކެއް، މީހުންނާއި ތަންތަނާއި ހަނދާން ކުރަން އެހީވި އެއްޗެހި ގެއްލުނީ،" އޭނާ ނިޔޯކާގައި ލިއުއްވި ލިއުމުގައި ވިދާޅުވި އެވެ.
"އުފާވެރި ހަނދާންތައް އާކުރަން އަހަރެން ވަރަށް މަސައްކަތް ކުރިން. ގާޒާގައި ހަލާކުވި ކޮންމެ ގެއަކީ ވެސް ފޮޓޯތަކުން ފުރިގެންވާ ހަގީގީ އަލްބަމެއް. ހަމައެކަނި ފޮޓޯތަކަކުން ނޫން، ހަގީގީ މީހުންނާ އެކު، އެ ތަނުގެ ސަފުހާތަކުގެ މެދުގައި ދަމައިގަތް."
ފަލަސްތީނުގެ ޅެންވެރިޔަކު ޕުލިޓްޒާ އިނާމު ހާސިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ